ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބައެއް ހުޅަނގުގެ ޤައުމުތަކުން ބަލައިގަތުމުގެ ކުރިން ފަލަސްތީނުގެ ދިދަ ތިރިކުރުމަށް ސަރުކާރުން އަންގާފައިވަނިކޮށް، އެ އެންގުމާ ޚިލާފަށް ފްރާންސްގެ ގިނަ މޭޔަރުންތަކެއް ފަލަސްތީނުގެ ދިދަ ނަގައިފިއެވެ.
ފްރާންސްގެ އެތެރޭގެ ކަންކަމާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ކަނާތްފަރާތުގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ އެތެރޭގެ ކަންކަމާބެހޭ ވަޒީރު ބްރޫނޯ ރެޓައިލޯ މުނިސިޕަލް ސަރުކާރުތަކަށް "ވަކިފަރާތަކަށް ނުޖެހުމަށް" އަންގާފައިވަނިކޮށް، 21 ސިޓީއެއްގެ މުނިސިޕަލް އޮފީހުގައި ފަލަސްތީނުގެ ދިދަ ނަގާފައިވެއެވެ.
މީގެ އިތުރުން ވެސް ގިނަ މުނިސިޕަލް ސަރުކާރުތަކަކުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް ވަނީ ބެލެވިފައެވެ.
މި ސިޓީތަކުގެ މޭޔަރުން މިފަދައިން ޢަމަލުކޮށްފައިވަނީ ފްރާންސްގެ ސޯޝަލިސްޓް ޕާޓީގެ ލީޑަރު އޮލިވިއޭ ފޯރެގެ ގޮވާލުމަށް އިޖާބަދީގެންނެވެ.
ފޯރެ ވަނީ ވަޒީރު ރެޓައިލޯގެ ބުއްދި ސަލާމަތުން ނެތް ކަމަށް ބުނެ އޭނާގެ ނިންމުން ކުށްވެރިކޮށްފައެވެ.
ފްރާންސުން ރޭ ވަނީ ފަލަސްތީނު ބަލައިގަތްކަން ރަސްމީކޮށް ޢިއުލާން ކޮށްފައެވެ،
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!