ކުޅުދުއްފުށި ސިޓީގައި މިމަހު 18 ވަނަ ދުވަހު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ޕާޓްނަރުންނާއެކު ހޭންޑްބޯލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށި ސިޓީގައި މުޅި ޖުމްލަ 8 ފަރާތަކުން ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި އެ ފަރާތްތަކާއެކު ހޭންޑްބޯލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް އަޙުމަދު މުޖުތަބާއެވެ.
މިގޮތުން ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ކުޅުދުއްފުށީގައި ސޮއިކުރެއްވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
- ކުޅުދުއްފުށި ސިޓީ ކައުންސިލް
- ކުޅުދުއްފުށި ސިޓީ އެއާޕޯޓު
- ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލް
- ކުޅުދުއްފުށި ސިޓީ ޕޮލިސް
- ފެނަކަ ކުޅުދުއްފުށީ ބްރާންޗު
- ދިރާގު
- މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ
- މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން
މި 8 ފަރާތްތަކެވެ.
މި ސެޕްޓެމްބަރ މަހު 18 އިން 22 އަށް ކުރިއަށްގެންދާ މި މުބާރާތުގައި ދިވެހިރާއްޖެ ހިމެނޭހެން ވާދަކުރާ 6 ޤައުމަކީ، އިންޑިއާ، ޕާކިސްތާނު، ސައުތު އެފްރިކާ، ބަންގްލަދޭޝް އަދި ސްރިލަންކާއެވެ.
މިގޮތުން މި މުބާރާތުގައި އެންމެ ފުރަތަމަ ވާދަކުރުމަށް ހަމަޖެހިފައިވަނީ މި މަހު 18 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5:30 ގައި ސްރީލަންކާ އަދި ދިވެހިރާއްޖެ ބައްދަލުރާ މެޗުންނެވެ. އަދި ހަމަ އެ ރޭ 8 ޖަހާއިރު ބަންގަލަދޭޝް އާއި ސައުތު އެފްރިކާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު ދުވަހުގެ ކުޅުން ނިންމާލުމަށް ހަމަޖެހިފައިވަނީ އެ ރޭ 9 ޖަހާއިރު އިންޑިއާ އަދި ޕާކިސްތާނު ބައްދަލުކުރާ މެޗުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!