ސްޓެލްކޯއިން ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ތިލަފުށީގައާއި، އެކުންފުނީގެ ޚިދުމަތްދޭ ރަށްތަކުގައި ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ މި ޕްރޮގްރާމަކީ ސަރުކާރުގެ "ރަށްފެހި" ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު ސްޓެލްކޯއިން ފެށި ގަސް އިންދުމުގެ ޕްރޮގްރާމުގެ ދެވަނަ ބުރެވެ.
މުޅި ރާއްޖެ ފެހިކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ފައްޓަވައިދެއްވާފައިވާ "ރަށްފެހި" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ އިން ކުރިޔަށްގެންދާ ސްޓެލްކޯ ރަށްފެހިގެ 2ވަނަ ޕްރޮގްރާމްގެ ފެށުން. RahFehi #STELCORahFehi#@presidencymv @MvSpokesperson @HMughnee pic.twitter.com/Y7pmezPzp2
— STELCO (@STELCOMALDIVES) February 15, 2020
މިޕްރޮގްރާމްވަނީ ތިލަފުށީގެ އިތުރުން އެކުންފުނީގެ ޚިދުމަތްދޭ އޮފީސްތައް ހުންނަ ރާއްޖޭގެ ރަށްތަކުގައިވެސް ކުރިއަށް ގެންގޮސްފައެވެ.
މިޕްރޮގްރާމްގައި މިއަދު ގަސް އިންދުން ފައްޓަވައިދެއްވީ، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. ދެ ބޭފުޅުން ވަނީ ދެ ގަސް އިންދަވައިދެއްވައިފަ އެވެ. އެ ޕްރޮގްރާމް ފެށުން އޮތީ ތިލަފުށީގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގައި ގޯތި ތެރޭގައެވެ.
ސްޓެލްކޯއިން މި ޕްރޮގްރާމް ކުރިއަށްގެންދަނީ މުޅި އަހަރަށް ބަހާލައިގެން ބާއްވާ މުބާރާތެއްގެ ގޮތުގަ އެވެ. މި މުބާރާތުގައި އެންމެ ރީތި ގަހާއި، އެންމެ ރީއްޗަށް ބަލަހައްޓާ ގަހާއި، އެންމެ ބޮޑު ގަސް އަދި އެންމެ ގިނަ ގަސް އިންދާ ޑިޕާޓްމަންޓް ހޮވާނެ އެވެ.
މިޕްރޮގްރާމް ފެއްޓެވުމަށްފަހު ސްޓެލްކޯގެ އެމްޑީ މުޣުނީ ވިދާޅުވީ މުބާރާތެއްގެ ގޮތުގައި ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ ކާމިޔާބު ޕްރޮގްރާމަކަށް އެކަން ހެދުން ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ޕްރޮގްރާމް ވެސް ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.
މުޣުނީ ވިދާޅުވީ މިދިއަ އަހަރު ސްޓެލްކޯގެ ކޮންމެ މުވައްޒަފަކަށް ދެ ގަސް އިންދި ކަމަށެވެ. އޭގެ މާނައަކީ 2،000 ގަސް، މި ޕްރޮގްރާމްގެ ދަށުން މިދިއަ އަހަރު ސްޓެލްކޯ އިން އިންދުމެވެ.
"މި އަހަރުގެ އަމާޒަކީ މި އަދަދު އިތުރުކޮށް މީހަކަށް ތިން ގަސް އިންދުން. އަޅުގަނޑުމެން ބޭނުންވަނީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި އަބަދުވެސް އަޅުގަނޑުމެންގެ ކުންފުނިން ކުރަމުން އަންނަ ކަމަކަށް ހެދުން،" މުޣުނީ ވިދާޅުވި އެވެ.
ސްޓެލްކޯ ރަށްފެހިގެ 2ވަނަ ޕްރޮގްރާމްގެ ދަށުން އދ. ކުނބުރުދޫ، އދ. ހަންޏާމީދޫ، އަދި އދ. ދިގުރަށުގެ ސްޓެލްކޯ މުވައްޒަފުން ގަސްއިންދުމުގައި ހަރަކާތްތެރިވަނީ. STELCORahFehi #RahFehi# @HMughnee @nazim7878 pic.twitter.com/Q0EqnIBShE
— STELCO (@STELCOMALDIVES) February 15, 2020
ސްޓެލްކޯގެ އަމާޒަކީ އެ ކުންފުނިން އުފައްދާ ހަކަތައިގެ 50 ޕަސެންޓް އިއާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމެވެ. އޭގެ ސަބަބުން ދުމުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަވެ، ކަރަންޓުގެ ހަރަދު ވެސް ކުޑަވެގެންދާނެ އެވެ.
ސްޓެލްކޯއިން ތިލަފުށީގައި ފެށި މި ޕްރޮގްރާމް މިއަދުވަނީ އެކުންފުނީގެ ޚިދުމަތްދޭ އޮފީސްތައް ހުންނަ ކ. މާފުށި، އދ. ކުނބުރުދޫ، ހަންޏާމީދޫ، ދިގުރަށް، ވ. ފުލިދޫ، ކެޔޮދޫ، ތިނަދޫ އަދި އއ. އުކުޅަހާއި މާޅޮސްފަދަ ރަށްތަކިގައިވެސް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!