ގަވާއިދާއި ހިލާފަށް ރާއްޖެއިން ގިނަ އަދަދެއްގެ ފައިސާތަކެއް ބޭރު ކުރަން އުޅެފިއެވެ. މި ފައިސާތަކުގެ ދިވެހި ރުފިޔާގެ އަދަދު ހަތަރު މިލިއަނަށްވުރެ މައްޗެވެ.

މި ފައިސާތައް އަތުލައިގެންފައި ވަނީ ތިން ފަހަރެއްގެ މަތިންނެވެ. އެގޮތުން މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން ގަވާއިދާއި ހިލާފަށް ރާއްޖެއިން ފައިސާތަކެއް ބޭރު ކުރަން އުޅެނިކޮށް ވަނީ ހިފަހައްޓާފައެވެ. އަދި މިއަހަރުގެ ތެރޭގައިވެސް ގަވާއިދާއި ހިލާފަށް ރާއްޖެއިން ބޭރަށް ފައިސާތަކެއް ގެންދަން އުޅެނިކޮށް ވަނީ ހިފަހައްޓާފައެވެ.
އަހަރުގެ ދިވެހި ދެ ފިރިހެނުން އަތުލައިގެންފައިވެއެވެ. އަދި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކުވެސް އަތުލައިގެންފައިވެއެވެ.

Ad
rt

މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާއިރު މަނީ ލޯންޑަރިންގެ ގާނޫނު ބުނާ ގޮތުން 20،000 ޑޮލަރަށް ވުރެ ގިނަ ފައިސާ ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ނުވަތަ ބޭރު ފައިސާ ކަސްޓަމްސްއަށް ޑިކްލެއާ ކުރަންޖެހޭނެއެވެ.