12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނަ ކުރި މައްސަލަ އެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާކަމަށްފުލުހުންބުނެފިއެވެ.
މި މައްސަލަ އާ ގުޅިގެން ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 09:15 ކަންހާއިރު 20 އަހަރުގެ ދިވެހި ފިރިހެނެއް ނޯތު ޕޮލިސް ޑިވިޝަން ހިމެނޭ ރަށަކުން ހައްޔަރުކޮއްފައިވާކަމަށެވެ.
ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، އަދި ޅ. އަތޮޅުގެ ރަށްތަކެވެ. ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގައި އެ ކަމެއް ހިނގާ ރަށާއި ކުދިންގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.
އިތުރަށް ބުނީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ މަައްސަލަތަކަކީ ސީރިއަސްކޮށް ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ. އަދި، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ގޯނާގެ މައްސަލަތަކުގައި ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރަނީ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގަތުން ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނި ކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ދާދި ފަހުން ފެންމަތިވެ، ގައުމުގެ މަސްރަހު ހޫނުވެގެން ގޮސްފައިވެ އެވެ. އެ މައްސަލައަށް ފަހުގައި މީގެ އިތުރު މައްސަލަތައް އަންނަނީ ތިލަވަމުންނެވެ.
ފުލުހުން އާންމުކޮށްފައިވާ ތާފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޖިންސީ ގޯނާގެ 59 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. އެގޮތުުން މިހަފްތާގައި އެކަނި ހުށަހެޅި ނުވަ މައްސަލައެއް ހިމެނެއެވެ. މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދަކީ، 406 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!