ނ.އަތޮޅު ހޮޅުދޫއަށް އުދައަރައި ބޮޑުތި ގެއްލިންތަކެއް ލިބިއްޖެއެވެ.

މޫސުން ގޯސްވެ އުދަ އެރުންފަދަ ހާދިސާއެއް ހިނގާފާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގަައުމީ އިދާރާއިން ރޭ އިންޒާރު ނެރެފައިވާ، އެރަށަށް އުދަ އަރަން ފަށާފައިވަނީ ރޭ ދަންވަރު 00:00 އިން ފެށިގެންނެވެ.

Ad
rt

އެ ރަށުގެ ބައެއް ސަރަޙައްދުތަކުގައި ގާތްގަނޑަކަށް 3 ފޫޓަށް ލޮނުގަނޑު ބޮޑުވެފައިވާއިރު ވަރަށް ގިނަ ގެތަކަށްވެސް ލޮނުގަނޑު ވަދެފައިވާކަމަށް އެރަށުން މަޢުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.

މީސްމީޑިޔާގައި އެރަށުގެ ބަޔެއް މީހުން ހިއްސާކޮށްފައިވާއިރު މިފޮޓޯ ތަކުން ފެންނަ ގޮތުގައި ހޮޅުދޫގެ ބައެއް ގޭގެއަށް ފޫޓަކަށްވުރެ ބޮޑަށް ލޮނުވަދެ، ފިހާރަތަކަށްވެސް ވަނީ ލޮނު ވަދެފައެވެ. ޖުމުލަ 15 ވަރަކަށް ގެއަށް ލޮނުގަނޑު ވަދެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުންނާއ، ރަށު ކައުންސިލާއި، އަދި ހޮޅުދޫގެ އާންމުރައްޔިތުން ގުޅިގެން ގޭގެއިން ލޮނުގަނޑު ހިއްކުމުގެ މަސައްކަތް ކޮށްފައިވެއެވެ.