މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގައި މިނިމަމް ވޭޖް އިއުލާނުކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އިސްމާއިލް މިހެން ވިދާޅުވީ މިއަދު ކުރި ޓުވީޓެއްގައެވެ.

Ad
rt

ފައްޔާޒު އިސްމާއިލް ވިދާޅުވީ މިނިމަމް ވޭޖް ފުރަތަމަ އިއުލާން ކުރައްވާނީ ވަޒީފާ އާއި ބެހޭ ޤާނޫނަށް ގެންނަ އިސްލާހުގެ ދަށުން ނޫންކަމަށެވެ.

މިނިސްޓަރު ފައްޔާޒް ކުރެއްވި ޓްވީޓުގައިވެސް ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅައި އިއުލާނުކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މި މަހުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައަޅައި، މިނިސްޓަރު އަމުރު ނެރުއްވާނީ ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުގެ މަތިންނެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.