ތިދަލުންމަތީ ރައްޔިތުން މާލެއަށް ބަރޯސާވާން މަޖުބޫރުވި ގޮތުގެ ކުޑަ މިސާލެއް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ހުސައިން ތާރީޙީ ފަތްފުއްތަކުން ދައްކަވައިފިއެވެ.

ތިދަލުންމައްޗަށް އުފަން އަޙްމަދު ފާއިޒް ޙުސައިންގެ އަމިއްލަ ފޭސްބުކްގައި މިމިސާލު ދައްކަވަމުން ތާރީޙީގޮތުން ހިނގި ވަރަށް މުހިންމު ކަމެއް ވަނީ ހިއްސާކުރައްވާފައެވެ. މިހާރުގެ ޖީލު މިކަންކަމުން އިބުރަތް ހާސިލް ކުރަން ޖެހޭނެއެވެ.

Ad
rt

ތިރީގައި މިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން ލިއުއްވާފައިވާ ލިއުންކޮޅެކެވެ.

މާލެއަށް ބަރޯސާނުވެ، ކާބަފައިން އައީ އަތޮޅުތަކުން ލިބޭ އާމްދަނީ އެކްސްޕޯޓުކޮށްގެން އަތޮޅުތަކުގެ އިޤްތިޞާދު ކުރިއަރުވައި ރަށްވެހިކަން ބިނާކުރަމުންނެވެ. ނަމަވެސް، ފުރުޞަތުތައް މަޑުމަޑުން ބަންދުވަމުން ދިއުމުގެ ނަތީޖާއަކަށްވީ މާލެއަށް ބަރޯސާވާން މަޖުބޫރުވުމެވެ.
ތާރީޚުގެ ތެރެއިން ކުޑަ މިސާލެކެވެ.
-------------------------
۷۳/۱/۳ ھ މިދުވަހު 1.00 ވީއިރު ابراھمیہ ގައި ތިލަދުންމަތީ ގެ ކުރިއަށް ތިބި މީހުންނާއެކު جلسہ އެއްކުރެވުނެވެ.
ތިލަދުންމަތީ ގެ މީހުންގެ އިތުރަށް جلسہ ގައި ބައިވެރިވެވަޑައިގަތީ سموالامیر ابراھیم ފާމުލަދޭރި ކިލެގެފާނާއި، صاحب المعالی ابراھیم محمد دیدی އާއި. الفا ضل ابراھیم شھاب އާއި الفا ضل سید سعید އެވެ.
ގަޑިޖެހުމުން، صاحب المعا لی ابراھیم محمد دیدی، ތިލަދުންމަތީގެ އަތޮޅުވެރިކަން الفا ضل سید سعید އަށް ދެއްވައިފިކަން އެންގެވުމަށްފަހު ވިދާޅުވިއެވެ.
މިފަހަރު ކޮޅުބަށް ފޮނުވޭނީ ގިނަވެގެން ތިލަދުންމަތީގެ ތިން ގަޑެތި ކަމާއި،. އެއީ ދިއްދޫ خطیب ކަލޭގެފާނުގެ ބައްތެއްޔާއި، ހޯރަފުށީން ބައްތެއްޔަކާއި، ކުޅދުއްފުށީން ބައްތެއްޔެކަން އެންގެވިއެވެ.
-----------------------------
އެދުވަސްވަރަކީ ތިލަދުންމަތީން ގިނަ ޢަދަދެއްގެ އޮޑިފަހުރު ކޮޅުބަށާއި ބަންގާޅަށްށާއި އިންޑިޔާއަށް ދަތުރުކޮށް އުޅުނު ދުވަސްވަރެކެވެ. ވިއްކާ އުޅުނީ ކުފުރާ އާއި ހިކިމަހާއި އެނޫންވެސް ބައެއްބާވަތުގެ ތަކެއްޗެވެ. ކޮށްއުޅުނީ މޫސުމީ ދަތުރުތަކެއް ކަމަށް ވާތީ، ބާކީ އޮޑިފަހަރަށް އެމޫސުމެއްގަ ކޮޅުބު ދަތުރުތައް ނުކުރެވިއްޖެނަމަ، އަންނައަހަރަށް އިންތިޒާރު ކުރަންޖެހެއެވެ. އަދި ތަނަވަސްކަމުގެގޮތުން ރަށްރަށުގެ ޙާލަތު ގޯސްވެގެން ދެއެވެ.