ހިތާއި ފުއްޕާމޭގެ ޓްރާސްޕްލާންޓްއެއް ހެދުމަށްޓަކައި އިންޑިޔާގެ ބެންގަލޫރުގައި 1 އަހަރާއި 6 މަސް ހޭދަކުރުމަށްފަހު އިންޑިޔާއިން އެކަން ކުރެވޭނެ މަގު ފަހިވެފައި ނުވުމުން އަސްރާގެ އާއިލާއިން މަސައްކަތްފެށީ ދުނިޔޭގެ އެހެން ގައުމަކުން އެކަން ކުރެވޭނެ މަގު ފަހިކުރުމަށެވެ.

އެގޮތުން ސްޕެއިންގެ ހޮސްޕިޓަލަކާއި ގުޅާ ގުނަވަން ބަދަލުކުރުމުގެ މުޢާމަލާތްތައް ކުރިއެވެ. ނަމަވެސް ސްޕައިން އަށް ދިޔުމަށް ވިސާ ހޯދުމަށް 2 ފަހަރު މަތިން އެޕްލައި ކުރުމުން ވަނީ ރިޖެކްޓް ވެފައިކަމަށް އަސްރާގެ ފިރިމީހާ ޔާސިރު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

Ad
rt

އަސްރާގެ އާއިލާއިން ދެން އެންމެ އަވަހަށް އޮޕަރޭޝަން ކުރެވޭނެ ގޮތްތައް ހޯދަން ފެށިއެވެ. އެގޮތުން ބުމްރުންގްރަޑް އިންޓަރނޭޝަނަލް ހޮސްޕިޓަލް ގައި އިންނަ ޓްރާންސްޕްލަންޓް ޑޮކްޓަރއަކަށް ދެއްކުމުން ލަފާ ދެއްވާފައިވަނީ ޔޫއެސްއޭ ނުވަތަ ޔޫކޭ ގެ ރޯޔަލް ބްރޮމްޕްޓޮން ހޮސްޕިޓަލްއަށް ދެއްކުމަށެވެ.

މިހާރު އަސްރާ ހުރީ އޫކޭގައެވެ. ރޯޔަލް ބްރޮމްޕްޓޮން ހޮސްޕިޓަލް އަށް ދެއްކުމުން ޑޮކްޓަރ ވިދާޅުވީ ޓްރާންސްޕްލަންޓް އެވަލުއޭޝަން ހެދުމަށްޓަކަ މިމަހު އެޑްމިޓް ވުމަށެވެ. ނަމަވެސް އެވަލުއޭޝަން އަށް 15،000 ޕޮއުންޑު ހަރަދުވާކަމަށް ޔާސިރު ބުނެފައި ވެއެވެ. އަދި ޑޮކްޓަރ ބުނެފައިވަނީ އެހޮސްޕިޓަލުން ލަފާ ކުރެވޭ ގޮތުގައި އެންމެ ގިނަ ވެގެން ވެސް 1 އަހަރު ތެރޭ ޓްރާންސްޕްލަންޓް ކުރެވޭނެ ކަމަށެވެ.

މިކަމުގަ ތިޔަ އެންމެހާ ބޭފުޅުން ގެ ދީލަތި އެހީ ތެރިކަމަށް އާއިލައިން ބޭނުންވާކަމަށް އެއާއިލާއިން ބުނެފައިވެ އެވެ.

ފުރާނައާއި ހަނގުރާމަ ކުރަމުންދާ އަސްރާ ރާއްޖެއާއި ދުރަށް ދަތުރުކޮށްފައިވާއިރު މުޅިޔަކުން އަދި ކަންކަން ހަމައަކަށް ނޭޅެއެވެ. އަސްރާއަކީ އާދައިގެ މީހަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ އަސްރާގެ ފިރިމީހާ ވަރަށް އަސަރާއިއެކު ވާހަކަ ދައްކަމުން ބުނީ

ދަތުރު ފެށީ ލާރި ހަމަ ނުވަނީސް، ސަބަބަކީ ބަންގަލޫރުގައި ލާރި ހަމަވަންދެން ތިބޭނަމަ އިތުރު ހަރަދު ހިގާނެ، މިހާރު އަޅުގަނޑުމެން މިތިބީ ޔޫކޭ ގައި، އުންމީދަކީ ވީ އެންމެ އަވަހަށް އޮޕްރޭޝަން ކުރެވި އަޝްރާއަކީ ވެސް ނޯމަލް މީހަކަށް ވުން، މިކަމުގާ ތިޔަ އެންމެހާ ބޭފުޅުން ވެދެއްވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދައްނަވަން.

އަސްރާއާއި ބެހޭ އިތުރު މަޢުލޫމާތު

ތިލަދުން | Thiladhunހިތާއި ފުއްޕާމޭ ލިބޭނެކަމުގެ އިންތިޒާރުގައި 1 އަހަރު، އާދޭސްކުރަނީ އެހީއަކަށް!އައިމިނަތު އަސްރާ އަކީ ޏ.ފުވައްމުލަކަށް އުފަން، ޢުމުރުން 28 އަހަރުގެ ޒުވާނެކެވެ. މިޒުވާނާ އަށް މިއަދު އުޅެން ޖެހިފައިވަނީ ވަރަށް ހިތް ދަތި ދިރިއުޅުމެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު...

އަސްރާއަށް އެހީތެރިކަނަ ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައި މިވާ އެކަންޓު ނަމްބަރު ތަކަށް ފައިސާ ޖަމާކޮށްދެއްވުމަށް އެ އާއިލާއިން އެދެއެވެ.

އެކަންޓުން ނަން: އައިމިނަތު އަސްރާ

އެކައުންޓް ނަމްބަރ (ރުފިޔާ) : 7730000142133

އެކައުންޓް ނަމްބަރ (ޑޮލަރު) : 7730000256391

ގުޅޭނެ ނަމްބަރ: 7795796 ޔާސިރު އަޙުމަދު (އަސްރާގެ ފިރިމީހާ ވައިބަރ ވަޓްސްއެޕް ގުޅޭނެ)

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން