އެޕަލްގެ އައު އައިފޯން 17 ސީރީޒް ނެރުމަށް ހަމަޖެހިފައިވާ ރަސްމީ ދުވަހެއް އަދި ހިމެނޭނޭ ފީޗާރތަކެއް އިޢުލާނެއް ނުކުރެއެވެ. ނަމަވެސް، އެޕަލްގެ ފޯނުތަކުގެ އިންތިޒާރުކުރާ މީހުންނާއި ދިރާސާކުރާ ފަރާތްތަކުން އަންނަނީ ދުވަސްތަކެއް އަދި އައު އައިފޯނުގައި ހިމެނޭނެ އައު ފީޗާރތަކާއި މެދު ބަހުސްކުރަމުންނެވެ.
އެޕަލްގެ އާދަކާދައަށް ބަލާއިރު، އާންމުކޮށް އައު އައިފޯން ތަޢާރަފުކުރަނީ ލޭބަރ ޑޭގެ ފަހުން އަންނަ ފުރަތަމަ އަންގާރަ ދުވަހުއެވެ. ނަމަވެސް 2025 ގައި މި ތާރީޚް ބަދަލުވެ، ސެޕްޓެމްބަރ 3 ނުވަތަ 9 ވަނަ ދުވަހަށް ވުމުގެ ފުރުސަތު އެބައޮތެވެ. މިއީ އާންމުގޮތެއްގައި އެޕަލްގެ ފޯނުތައް ނެރޭ އިރު އާންމުކޮން ކަން ހިނގާ ގޮތެވެ.
ރޫމާރސްގެ ފަރާތުން ލީކުވާ ނުވަތަ އާންމު ކުރާ މަޢުލޫމާތު ގިނަފަހަރަށް ދިމާވެއެވެ. އެގޮތުން މި އަހަރުގެ އައު ފޯނު ނެރޭނެ ތާރީޙެއް ކަމަށް ބުނެފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ. އަދި ޕްރީ-އޯޑަރ ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 12 ނުވަތަ 19 ގައެވެ. ނަމަވެސް އެންމެ އަގުހެޔޮ މޮޑެލްކަމަށްވާ އައިފޯން 17އީ ނެރޭނެކަމަށް ލަފާކުރެވެނީ 2026 ގެ ފެބްރުއަރީ މަހުގައެވެ.
މި އަހަރުގެ އައިފޯން ސީރީޒްގައި ހިމެނޭނީ 4 މޮޑެލެ އެއްކަމަށްވެސް އަޑު ފެތުރިފައިވެ އެވެ. ނަމަވެސް މީގެ ކުރީގެ ޕްލަސް މޮޑެލްގެ ބަދަލުގައި ވަރަށް ތުނި އައު މޮޑެލެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައިފޯން 17 ޕްރޯ އަދި ޕްރޯ މެކްސްގައި އައު ކެމެރާ ޑިޒައިނެއް ހިމެނޭނެކަމަށްވެސް ބުނެވެއެވެ.
އައު ފީޗާރތަކަށް ބަލާލާއިރު، މިއަހަރު ނެރޭ ހުރިހާ އައިފޯނެއްގައިވެސް ޕްރޯމޯޝަން ޑިސްޕްލޭ ޓެކްނޮލޮޖީ ހިމެނޭނެއެވެ. މީގެ ސަބަބުން 120ހާޓްޒްގެ ރިފްރެޝް ރޭޓެއް ލިބި، ސްކްރޯލް ކުރުމާއި ވީޑިއޯ ބެލުން އިތުރަށް ފަސޭހަ ވެގެންދާނެއެވެ. އައިފޯން 17 އެއަރ ގެ ނަމުގައި ނެރުމަށް ހަމަޖެހިފައިވާ އައު މޮޑެލަކީ އެޕަލްއިން މިހާތަނަށް ނެރޭނެ އެންމެ ތުނި އައިފޯނެވެ. މި ފޯނުގެ ބޯމިން ހުންނާނީ 5.5 މިލިމީޓަރުގައެވެ.
ހުރިހާ މޮޑެލެއްގައިވެސް ކުރީ ކެމެރާގެ ގޮތުގައި 24 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނޭނެއެވެ. މިއީ މިހާރުގެ 12 މެގަޕިކްސެލް ކެމެރާއަށްވުރެ ބޮޑު ކުރިއެރުމެކެވެ. އަދި ޕްރޯ އަދި ޕްރޯ މެކްސް މޮޑެލްތަކުގައި 48 މެގަޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއެއް ހިމެނޭނެއެވެ.
އަގުތަކާއި ކުލަތައްތަކަށް ބަލާލާއިރު، އާންމު އައިފޯން 17 މޮޑެލް ލިބެން ހުންނާނީ 6 ކުލައެއްގައެވެ. އެއީ ކަޅު، ހުދު، ސްޓީލް ގްރޭ، ފެހި، މުށި އަދި ލައިޓް ބްލޫއެވެ. އައު އައިފޯން 17 އެއަރ ލިބެން ހުންނާނީ ކަޅު، ހުދު، ލައިޓް ބްލޫ އަދި ލައިޓް ގޯލްޑް ކުލައިގައެވެ.
އައިފޯން 17 ސީރީޒް އެންމެ ފުރަތަމަ ވިއްކަން ފަށާނީ އެމެރިކާ، ކެނެޑާ، ޔޫކޭ، އޮސްޓްރޭލިއާ، ޗައިނާ، ޖަޕާން އަދި ޔޫރަޕްގެ މައި މާކެޓްތަކުގައެވެ. އެހެން ގައުމުތަކަށް 2-4 ހަފްތާގެ ތެރޭގައި ލިބެން ފަށާނެއެވެ.
އެޕަލްއިން މިގޮތަށް ފޯނުތައް ދެ ދުވަސްވަރަކަށް ބަހާލައިގެން ނެރެނީ ޕްރޯ އަދި ޕްރޯ މެކްސް ފަދަ އަގުބޮޑު މޮޑެލްތައް ކްރިސްމަސް ސީޒަންއަށް ލިބޭނެގޮތް ހެދުމަށާއި، އަގުހެޔޮ މޮޑެލްތައް ފަހުން ނެރުމުން އިތުރު ޝައުގުވެރިކަމެއް އުފެއްދުމަށެވެ. އަދި 2026 ވަނަ އަހަރުން ފެށިގެން އައިފޯން 18 އާއެކު މި ސްޓްރެޓެޖީ އިތުރަށް ބަދަލުވެ، ހަމައެކަނި ޕްރީމިއަމް މޮޑެލްތައް ނެރުމަށްފަހު އެހެން މޮޑެލްތައް ނެރޭނީ ޖެހިގެން އަންނަ ފެބްރުއަރީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!