ރ. އިނގުރައިދޫ ސްކޫލު ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އިނގުރައިދޫ ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މިހިނގާ ފެބްރުއަރީ މަހުގެ 08 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެސްކޫލްގެ ކީ ސްޓޭޖް 1 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެސްކޫލްގެ ކީ ސްޓޭޖު 1 އަކުން 58 ދަރިވަރުން ބައިވެރިވި މިޕްރޮގްރާމްގައި، މަގުމަތީގައި ހިނގާ ބިނގާވެ އުޅުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ދުއްވާ އެއްޗިއްސަށް ސަމާލުވުމާއި މަގުހުރަސްކުރާއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން މަގުމަތީގެ ރީތި އަދަބުތަކާއި ޤަވައިދުތަކާއި އެއްގަމުދަތުރުފަތުރުގެ ޤާނޫނާއި ޤަވައިދުތައް ދަރިވަރުންގެ އުމުރުފުރާއާ ގުޅޭގޮތަށް ބުނެދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!