މާލެއިން ގެއްލިގެން ހޯދަމުން އަންނަ މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) ސިންމާލެ ބުރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. މި ނޫސް ބަޔާނުގައި ބުނެފައިވަނީ ޙަސަން ޔާމިން ހޯދުމަށް، ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރެވިފައިވާކަމަށެވެ. އެ ގޮތުން، މިމަހުގެ 13 ވަނަ ދުވަހުގެ ފަތިހު 03:24 އެހައިކަށް ހާއިރު ޙަސަން ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad
rt

ފުލުހުން ބުނީ މިމަޢުލޫމާތު އާއިލާއާ ހިއްސާކޮސް، އާއިލާއާ ވަރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިމައަސަލައިގެ ހުރުގީގަށް ލިބުނު މި މަޢުލޫމާތަޢި ގުލިގެން، މެރިން ޕޮލިހާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޮށްގެ ކޯސްޓްގާޑު ގުޅިގެން ޔާމިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

" މިމައްސަލަ އާ ގުޅޭގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ މަޢުލޫމާތު ދެތުރުމުން އެއްކިބާވުމަށް މީޑިއާ އަދި އާންމުންގެ ކިބައިން މި ފުރުޝަތުގައި އެދެމެވެ. އަދި ހަސަން ޔާމިންގެ އާއިލާއަށް އިހުތިރާމުކުރުމުގެ ގޮތުންނާއި ތަހުގީގުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ގޮތުން ހަމައެކަނި ދިވެހި ފުލުހުންގެ ޚިދުމަތުން ރަސްމީކޮށް ފޯރުކޮށްދެވޭ މަޢުލޫމާތު މައްޗަށް ބަރޯސާވުމަސް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަން"

ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޙަސަން ޔާމީން ގެއްލިފައިވަނީ 2025 ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެގެންނެވެ.

އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރުއެވެ. މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ޙަސަން ޔާމީން ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.