އިޒްރާއީލްގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ކާނާ ވިހަވެ ގޮހޮރު ދުޅަވެއްޖެ އެވެ.
ހުރި އެއްޗެއް ކެވިގެން ކާނާ ވިހަވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ ބުނެފައިވެ އެވެ.
އޭނާގެ ޑޮކްޓަރު ބެލުމަށްފަހު ބުނެފައިވަނީ ކާނާ ވިހަވެފައިވަނީ ނުބައިވެފައި ކާއެއްޗެއް ކެއުމުގެ ސަބަބުން ކަމަށެވެ. އޭގެ ސަބަބުން ގޮހޮރު ދުޅަވުމުގެ މައްސަލައެއް ޖެހިފައިވާކަމަށެވެ.
އިތުރު ޓެސްޓުތަކަށްފަހު އެ ބަލީގެ ސަބަބުން ގޭގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އޭނާ ވަނީ އަންނަ ތިން ދުވަހު ގޭގައި ހުންނަ ގޮތަށް ހަމަޖެހިފައެވެ.
75 އަހަރުގެ ބޮޑުވަޒީރު ނެތަންޔާހޫ ވަނީ ފާއިތުވި މަސްތަކުގައިވެސް އެކި ބަލިތަކާ ކުރިމަތިލައްވާފައެވެ. މީގެ ތެރޭގައި މެއި މަހު ރޫޓީން ކޮލޮނޮސްކޮޕީއަކާއި، ޑިސެމްބަރު މަހު ޕްރޮސްޓޭޓް ސަރޖަރީއެއް ކޮށްފައިވެއެވެ. މި ދެފަހަރުވެސް އޭނާ ހޭނެތިފައި އޮތްއިރު ބޮޑުވަޒީރުގެ މަޤާމުގެ ވާޖިބުތައް އަދާކުރެއްވީ ޢަދުލު އިންސާފުގެ ވަޒީރު ޔަރިވް ލެވިންއެވެ. މީގެ އިތުރުން މާރިޗު މަހު ވަނީ ހާނިއްޔާގެ ސަރޖަރީއެއް ކޮށްފައެވެ. އަދި 2023 ވަނަ އަހަރު ވަނީ ހިތުގެ މައްސަލައަކާ ގުޅިގެން ޕޭސްމޭކަރެއް ހަށިގަނޑުގައި ހަރުކޮށްފައެވެ.
އަނިޔާވެރި ނަތަންޔާހޫ ކާނާ ވިހަވެފައިވާއިރު، އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ 21 މަސް ދުވަސް ވެފައި ވާއިރު މިހާރު ވަނީ ކާބޯތަކެތި ހުސްވެ ހައިހޫނުކަން އާންމުވެފަ އެވެ. ބޭސްފަރުވާކުރެވޭ ގޮތެއް ވެސް ނެތެވެ.
ފަލަސްޠީނުގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ކާބޯތަކެތި ނުލިބުމުގެ ސަބަބުން ޣައްޒާގެ ގިނަ ރައްޔިތުން ބަނޑަށް ޖެހި މަރުވުމާ ވަނީ ގާތްވެފައެެވެ. ފަލަސްޠީނުގެ ޞިިއްޙީ އިދާރާތަކުން ބުނީ ބަނޑުހައިހޫނުކަމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާ ކަމަށެވެ. ކާބޯތަކެތި ނުލިބުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ ގައިގައި ހަކަތައާއި ބުންވަރު ނެތްއިރު، ބޯއެނބުރުމާއި ވަރުބަލިކަން ފަދަ އުނދަގޫތަކާ ދަނީ ކުރިމަތިލަމުންނެވެ.
އދން ވެސް ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދާ ކަމަށް ބުނެ، ޣައްޒާއަށް ކާބޯތަކެތި އެތެރެކުރުމަށް ޔަހޫދީން ހުރަސްއަޅާފައި އޮތް އޮތުން ވީ އެންމެ އަވަހަކަށް ނިމުމަކަށް ގެނައުމަށް ޔަހޫދީންނަށް ގޮވާލައިފައެވެ. ފުށް ފަދަ ކޮންމެހެން ބޭނުންވާ ބާވަތްތައް މިހާރު އެއްވެސް ވަރަކަށް ޣައްޒާއިން ނުލިބޭއިރު، ހަށިގަނޑަށް ބޭނުންވާ ބައިތައް ފުރިހަމައަށް ނުލިބުމުގެ ސަބަބުން މެދުވެރިވާ މެލްނިއުޓްރިޝަން ޙާލަތު ކުރިމަތިވެ 71 ކުޑަކުދިން މިހާތަށް ޝަހީދުވެފައިވާ ވެއެވެ. މެލްނިއުޓްރިޝަންގެ އަލާމާތް 60،000 މީހުންގެ ކިބައިން ފެންނަމުންދާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ބަނޑުހައިހޫނުކަމުގެ ސަބަބުން 18 މީހުން ޝަހީދުވެފައިވެއެވެ.
ޣައްޒާގައި ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 59،000 އަށް އަރައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!