އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހުން ފެށިގެން އެ މަގާމުން ޝަރަފްވެރިކަމާ އެކު ވަކިވެވަޑައިގަތުމަށް ނިންމަވައިފި އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާވެ ވަޑައިގަތުމަށް ހުށަހެޅުއްވުމުން އަންނަ ހޯމަ ދުވަހުން ފެށިގެން މަގާމުން ވަކިވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

Ad
rt

ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމުން އުއްތަމަ ފަނޑިޔާރަށް އިނާޔަތް ލިބިވަޑައިގަންނަވާނެ އެވެ.

އުއްތަމަ ފަނޑިޔާރަކަށް ޑިސެމްބަރު 2019 ގައި މުއުތަސިމް އައްޔަން ކުރެއްވުމުގެ ކުރިން 2009 އިން ފެށިގެން އެމަނިކުފާނު ވަނީ ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ. އެ ބޭފުޅުން މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.