ސިދާތާ ޝަރީފް އިސްތިއުފާ ދެއްވުމާއު ގުޅިގެން ޖެންޑަރ މިނިސްޓަރަކަށް އައިޝަތު މުޙައްމަދު ދީދީ ހަމަޖައްސަވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ސިދާތާގެ އިސްތިއުފާ ސިޓީ މިއަދު ލިބިފައިވާކަމަށެވެ.

Ad
rt

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިދާތާ ޝަރީފް ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާ، ފޮނުއްވާފައިވާ ސިޓީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ހުންނަވައިގެން ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ރައީސް ސޯލިހް ވަނީ ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

އަދި ޖެންޑަރ މިނިސްޓަރުކަމަށް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު، އާއިޝަތު މުހައްމަދު ދީދީ އައްޔަންކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.