މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ގުޑްވިލް، އަޙްމަދު ޢަލީ (31އ) އެވެ.
އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ މެންދަމު ގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1، ހުވަނދުމާ ހިނގުން ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ވަގުތު އެ މީހާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި އެވަގުތު ފުލުހުން އެ މީހާ ހުއްޓުވައި، ބަލައި ފާސްކުރި އިރު މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްގައި ހުރި 19 ސެލޯފިންކޮޅު ވަނީ ފެނިފައެވެ. އަދި ފުލުހުން ވަނީ އެ ތަކެތީގެ ބަރުދަނުގައި 15 ގުރާމް ހުރިކަމަށް ފާހަގަކޮށްފައެވެ.
މި މައްސަލަ ދަނީ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!