16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ ނޯތު ޕޮލިސް ޑިވިޝަން (ނ ރ، ބ، ޅ އަތޮޅު ހިމެނޭ) ގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖެއް ފިހާރަ އެއްގެ ސޭޓަކަށް އިންދާ، އެ ފިހާރަ އަށް އައި މީހެއް އެ އަންހެން ކުއްޖާ އާއި މެދު ޖިންސީ ގޯނަ ކުރި މައްސަލަ އެއް މިމަހުގެ 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
މި މައްސަލަ އާ ގުޅިގެން މިމަހުގެ 2 ވަނަ ދުވަހުގެ 17:30 ކަންހާއިރު ކޯޓު އަމުރެއްގެ ދަށުން، 60 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުން ކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ މި ފުލުހުން ސީރިއަސް ކޮށް ބަލަމުންދާ މައްސަލަ އެއްކަމުން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ހާދިސާ ހިންގި އަތޮޅާއި ރަށް ހާމަ ކުރެވެން ނެތްކަމަށް ބުނެފައި ވެއެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!