ކީރިތި ގުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާކަމެއް ނޫން ކަމަށް އެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އާ ގައުމީ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށިގެންދިއުމާއެކު ގްރޭޑް 1 އިން 10 އާއި ހަމައަށް މާއްދާއެއްގެ ގޮތުގައި ކީރިތި ގުރުއާން ކިޔަވާދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

އަދި 2019 ވަނަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖް 4 މުޅިން އަލަށް ތަންފީޒުކުރެވިގެން ދިއުމާއެކު މާއްދާއެއްގެ ގޮތުގައި ކީރިތި ގުރުއާން ގްރޭޑް 9 ގައި ކިޔަވާދޭން ފަށާފައިވަކަަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މި އަހަރު ގްރޭޑް 10ގެ ދަރިވަރުންނަށް މާއްދާއެއްގެެ ގޮތުގައި ކީރިތި ގުރުއާން ދަނީ ކިޔަވައިދެމުންދާކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ކީރިތި ގުރުއާން ހުރިހާ ދަރިވަރުންނަށްވެސް ކިޔަވައިދިނުމަކީ މިނިސްޓްރީގެ އަމާޒެވެ.

އެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ، އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އަގީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެންތިބޭ ހުލްގު ހެޔޮ ދަރިވަރަކަށް ހެދުން ކަމަށެވެ.