އެމެރިކާ އާއި ސައޫދައޫދީ އަރަބިއްޔާ އިޤްތިޞާދީ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނޑޮނަލްޑް ޓްރަމްޕް އާއި ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާ ދެމެދު އިސްތިރާޖީ އިޤްތިޞާދީ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކުރެއްވީ އަންގާރަ ދުވަހުއެވެ.

Ad
rt

ރިޔާދުގެ އަލް-ޔަމާމާ ގަނޑުވަރުގައި ބޭއްވުނު ސައޫދީ-އެމެރިކާ ސަމިޓެއްގެ ތެރެއިން، ދެ ލީޑަރުން ވަނީ ހަކަތައާއި ދިފާއީ ދާއިރާ ހިމެނޭ ގޮތަށް އެކި ދާއިރާތަކުގެ އިތުރު އެއްބަސްވުންތަކެއްގައިވެސް ސޮއިކުރައްވާފައެވެ. މި ސަމިޓަކީ ރައީސް ޓްރަމްޕް އާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ހާޒިރުގައި ބޭއްވުނު ސަމިޓެކެވެ.

ރައީސް ޓްރަމްޕް ރިޔާޒަށް ވަޑައިގެންނެވީ އަންގާރަ ދުވަހު ހެނދުނުއެވެ. މިއީ އޭނާ ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން ކުރައްވާ ފުރަތަމަ ރަސްމީ ބޭރު ދަތުރުފުޅެވެ. ޖެނުއަރީ މަހު ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން މިއީ އޭނާގެ ފުރަތަމަ ބޭރު ދަތުރުފުޅެވެ.

ރައީސް ޓްރަމްޕްގެ މި ދަތުރުފުޅުގައި ޤަޠަރު އަދި އެމިރޭޓްސްއަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެ، ވިޔަފާރީގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މީގެ އިތުރުން ދެ ޤައުމުގެ މެދުގައި ސަލާމަތީ އަދި ދިފާއީ ގުޅުންވެސް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.