ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް އަނިޔާދޭން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް, 15 ދުވަހަށް ބަންދުކޮށްފި އެވެ.

ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާވާ ފަދަ ގޮތަކަށް ޢަމަލުކޮށްފައިވާ މައްސަލައެއް އިއްޔެ ފެންމަތިވީ ކްލިނިކުގެ މުވައްޒަފެއް ކަމަށް ބެލެވޭ މީހަކު ކުޑަކުއްޖެއްގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުުވުމުންނެވެ.

Ad
rt

އެ މައްސަލާގެ ތުހުމަތުގައި އިންޑިއާ ދެ މީހަކު ރޭ ހައްޔަރު ކޮށްފައިވާ ފުލުހުން ބުންޏެވެ. އެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން އިތުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޞެވެ.

އެ ހާދިސާގެ މައްސަލަ ފެންމަތިވުމުން އިއްޔެ އެ ކްލިނިކް ވަނީ ބަންދުކޮށްފަ އެވެ.