ކުވެއިތުގައި އެއްވެސް ބާވަތެއްގެ ފަންޑްރައިޒިން ޕްރޮގްރާމެއް ހިންގުން މަނާކޮށްފިއެވެ.

ކުވެއިތު ސަރުކާރުން ހުރިހާ ބާވަތެއްގެ ފަންޑު އެއްކުރުން މަނާކޮށްފައިވާއިރު، ޚައިރާތީ ޖަމްޢިއްޔާތަކާއި، ޤާނޫނީ އަދި އަމިއްލަ ފަރުދުންނަށްވެސް ފަންޑު އެއްކުރުން ވަނީ މަނާކޮށްފައެވެ. މިއީ ފަންޑު އެއްކުރުމުގެ ޙަރަކާތްތައް ޤަވާޢިދުގެ ތެރެއަށް ގެނައުމަށާއި، އޭގެ ނަހަމަ ބޭނުން ހިފުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅުނު ފިޔަވަޅެއްކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

Ad
rt

މި މަނާކުރުމުގެ ތެރޭގައި އާންމު އަދި އަމިއްލަ ފަންޑު އެއްކުރުމުގެ ހުރިހާ ޙަރަކާތްތަކެއް ހިމެނެއެވެ. އެއީ އާދައިގެ ގޮތްތަކުން ކުރިޔަސް ނުވަތަ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރިޔަސް މެއެވެ. މީގެ ތެރޭގައި ބޭންކު ލިންކުތަކާއި އޮންލައިން ޕޭމަންޓް ޚިދުމަތްތައްވެސް ހިމެނެއެވެ.

ސަރުކާރުގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި، އަމިއްލަ ފަރުދުންނާއި މުއައްސަސާތަކުން ކުރާ ހުރިހާ ފަންޑު އެއްކުރުމުގެ ޙަރަކާތްތަކެއް، އެއީ އޮންލައިން ލިންކުތަކުން ކުރިޔަސް ނުވަތަ ސީދާ އެދިގެން ކުރިޔަސް، ގާތުން ބަލަމުން ގެންދާނެއެވެ. އަދި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު، އެމީހުންގެ ނިޔަތަށް ބެލުމެއްނެތި، ޤާނޫނީ ފިޔަވަ�ު އަޅާނެއެވެ.

މި އިޢުލާނު ކުރެވުނީ ފަހުން ހައްޔަރުކުރެވުނު މިސްކިތެއްގެ އިމާމަކާއި ވަޢުޟު ދޭ ދީނީ އިލްމް ވެރިޔަކާ ގުޅިގެންނެވެ. މީނާއަކީ ރޭޑިއޯ އަދި ޓީވީ ޕްރޮގްރާމްތަކުގައި ޙަރަކާތްތެރިވާ، ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހެކެވެ. މީނާ ހައްޔަރުކުރެވުނީ ވަޓްސްއެޕް މެދުވެރިކޮށް ޖަޒުބާތީ ވާހަކަތައް ހިއްސާކޮށް، އެނާގެ އަމިއްލަ ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެދި ފަންޑު އެއްކުރި ކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި ރަސްމީ ތަޙްޤީޤެއް ފަށައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.