އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދުގައި އޮތް ދިގު ތާރީޚީ ރަޙްމަތްތެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް އިސްރާއީލުގެ އާމީ ރޭޑިއޯއިން ރިޕޯޓުކޮށްފިއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައީސް ޓްރަމްޕް ވަނީ ނަތަންޔާހޫއާ "ގުޅުން ކަނޑާލުމަށް" ނިންމާފައެވެ. މިގޮތަށް ނިންމުމުގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ނަތަންޔާހޫއާއި އޭނާގެ އެންމެ ގާތް މީހުން "ބޮޑާވެ" އަދި ރައީސްއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާތީ ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ.

Ad
rt

އިސްރާއީލުގެ ސްޓްރެޓެޖިކް ކަންތައްތަކާ ބެހޭ ވަޒީރު ރޮން ޑަރްމަރަށް ޓްރަމްޕްގެ ގާތް އެކުވެރިން ބުނެފައިވާ ގޮތުގައި ރައީސް ޓްރަމްޕް ދެކެނީ ނަތަންޔާހޫގެ ފަރާތުން އިޙްތިރާމް ނުލިބޭ ކަމަށާއި، އޭނާއަށް މެނިޕިއުލޭޓް ކުރަން މަސައްކަތްކުރާ ކަމަށެވެ. އަދި ރައީސް އެންމެ ނަފްރަތުކުރާ އެއްކަމަކީ އާންމުންގެ ކުރިމަތީގައި "ފަސޭހައިން މެނިޕިއުލޭޓް ކުރެވޭ މީހެއްގެ ގޮތުގައި" ފެނުން ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މި ދެ ލީޑަރުންގެ ދެމެދުގައި އޮތް ގުޅުން ކެނޑުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކުރާނެ ކަމެއްކަމަށް ސިޔާސީ ތަޙްލީލުވެރިން ދެކެއެވެ. ނަމަވެސް މިހާތަނަށް ދެ ގައުމުގެ ސަރުކާރުން މިކަމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.