އިސްރާއީލުން އެއްދުވަހެއްގެ ތެރޭގައި ޔަމަން، ލުބުނާން، ސީރިޔާ އަދި ޣައްޒާއަށް ހަމަލާދީފިއެވެ.

ހޯމަ ދުވަހު ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 54 މީހުން ވަނީ ޝަހީދުވެފައެވެ.

Ad
rt

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ އިސްރާއީލްގެ އައު އޮޕަރޭޝަނެއް ޣައްޒާގައި ފަށާނެ ކަމަށާއި، މި އޮޕަރޭޝަނުގައި ޣައްޒާގެ 2 މިލިއަނަށްވުރެ ގިނަ ރައްޔިތުން ޣައްޒާނޫން އެހެންތަނަކަށް "ބަދަލުކުރެވޭނެ" ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް އެޅި ބްލޮކޭޑް 65 ދުވަހަށް ދިގުދެމިފައިވާއިރު، ޣައްޒާ މީޑިއާ އޮފީހުން ބުނެފައިވާ ގޮތުގައި ޣައްޒާގެ ހޮސްޕިޓަލްތަކަށް ނުކަތާވަރަށް މީހުންދަނީ އިތުރުވަމުންނެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ހޮސްޕިޓަލްތައް ފުރޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ އެތައް ހާސް ބަލި މީހުންނާއި ޒަޚަމްވެފައިވާ މީހުންގެ ފުރާނައަށް އެކަމުގެ ސަބަބުން ނުރައްކާވެފައިވެއެވެ.

ޣައްޒާގެ ޞިއްޙީ މިނިސްޓްރީގެ މައުލޫމާތު ދައްކާގޮތުން އިސްރާއީލްގެ ހަނގުރާމައިގައި ފަލަސްޠީނުން މަދުވެގެން 52,567 މީހުން ޝަހީދުވެ، 118,610 މީހުން މިހާތަނަށް ވަނީ ޒަޚަމްވެފައެވެ.

ސަރުކާރުގެ މީޑިއާ އޮފީހުން މަރުވި މީހުންގެ އަދަދު 61,700 އަށްވުރެ ގިނަ ކަމަށް އަޕްޑޭޓްކޮށްފައިވެއެވެ. މިއަދު މަތިވެދާނެކަމަށް ލަފާކުރާ ސަބަބަކީ ވެއްޔާއި ގާ ކުނޑިތަކުގެ ދަށުގައި ވާ ހާހުން ގުނާލެވޭ މީހުން ޝަހީދުވެފައިވާ ކަމަށް ލަފާކުރެވޭތީއެވެ.