ޗައިނާގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާވައިރަސް" ޖެހޭ މީހުންނާއި މަރުވާމީހުންގެ އަދަދު ވަގުތުން ފެންނަ ވެބްސައިޓުގައި މި ވައިރަހާއި ގުޅޭގޮ އެންމެ ފަހުގެ މަޢުލުމާތާއި ޚަބަރުތައް ދަނީ ވަގުތުން ވަގުތައް އަޕްޑޭޓް ކުރަމުންނެވެ.
އެގޮތުން މިވަގުތާއި ހަމައަށް މިވައިރަހުގެ އަސަރު 9937 މީހުންނަށް ކޮށްފައިވާއިރު މިވައިރަހުގެ ސަބަބުން 213 މީހުން ވަނީ މަރުވެފައެވެ. މިހާރު މިވަރަސް ދުނިޔޭގެ 26 ޤައުމަކަށް ވަނީ ފެތުރިފައެވެ. މިސައިޓުގައި ޤައުމުތައް ވަކިން ވައިރަހުގެ އަސަރު ކުރި މީހުންނާއި މަރުވިމީހުން އަދި ރަނގަޅުވިމީހުން ފެންނަން ހުރެއެވެ. އަދި ނޮވެލް ކޮރޯނާ ވައިރަސް އާއި ސާސް ވައިރަސް އަޅާކިޔާލެވޭހެން ޗާޓުތައްވެސް ހިމަނާފައި ހުރެއެވެ.ނޫސްތަކުން ނާއި ޓުވިޓަރ އިން އެންމެ ފަހުގެ ހަބަރުތައް ހިމަނާފައި ހުރެއެވެ.
މިވައިރަހުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު ޑަބްލިއު އެޗް އޯ އިންވަނީ މުޅިދުނިޔެއަށް އެލާޓް ނެރެފައެވެ.
ހަލުވި ކަމާއި އެލު މިބަލި ފެތުރެމުން ދާތީ އާންމުންނަށް ޞައްހަ މަޢުލޫމާތު ހިއްސާ ކުރުމަށް ޑަބްލިއު އެޗް އޯ އަދި މީޑިޔާ ކައުންސިލުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
https://thewuhanvirus.com/
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!