އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުން ކައުންސިލް އިންތިހާބު ކާމިޔާބުކުރާނެކަމަށް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގައި ދަރުބާރުގޭގައި ހުންނަ މާލޭގެ ވޯޓު ފޮއްޓަކަށް ވޯޓުލެއްވުމަށްފަހު ރާއްޖެ ޓީވީއަށް ދެެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެކަމާއި މެދު އެއްވެސް ޝައްކެއްވެސް ނުކުރައްވާ ކަމަށެވެ.

Ad
rt

އެ ޕާޓީގެ ޕްރައިމަރީގައި ވޯޓުލާ މީހުންގެ އަދަދު ގިނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލް އިންތިހާބު ކާމިޔާބުވާނެކަން އެ އަސާސުން ވެސް ހާމަވެގެންދާ ކަމަށާއި، އެގޮތުން ޕާޓީގެ ޕްރައިމަރީގައި ހުރި ފޯރީއާއި ކެމްޕޭން ޓީމުތަކުގެ ބޮޑުކަމަކީ އެކަން ޔަގީންވާކަމެއް ކަމަށެވެ.

އެމަނިކުފާނުވަނީ މިއަދަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތް ހިންގާ ދުވަސްކަމަށްވެސް ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފެށިފައިވަނީ މިއަދު މެންދުރުފަހު 2:30 ގައެވެ. ވޯޓުލުން މިރޭ 7:30 އާއި ހަމައަށް ކުރިއަށްދާނެއެވެ. އެމްޑީޕީ ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރާ އިރު، ޖުމުލަ 169 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.