އުރީދޫ މޯލްޑިވްސް ގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްދާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ދަށުން ތަޢާރަފުކުރި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީ ޑްރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި އެވެ.
ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިޔާއަކީ އަޙްމަދު ސައްދާމް ކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ. މި ޕްރޮމޯޝަންގެ ދަށުން އަދިވެސް 18 އުމްރާ ދަތުރާއި، އެންމެ އަގުހުރި އިނާމުގެ ގޮތުގައި 2 މީހުންގެ ހައްޖު ދަތުރެއް ލިބުމުގެ ފުރުޞަތު އުރީދޫ ކަސްޓަމަރުންނަށް އޮތްކަން ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށްވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަންޖެހެއެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާއިން މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަންޖެހޭނެއެވެ. ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށްވެސް މި ލަކީ ޑްރޯއަށް ޝަރުޠު ހަމަވާނެއެވެ.
އުރީދޫ މޯލްޑިވްސްއިން ބުނެފައިވަނީ މި ކެމްޕޭނަކީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް https://ore.do/liveunlimited އަށް ޒިޔާރަތްކުރެވިދާނެ ކަމަށް އުރީދޫއިން މަޢުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!