އިސްރާއީލްގެ އެކި ސަރަޙައްދުތަކުގައި އަލިފާން ރޯވެ އަނދަމުން ދިއުމާ ގުޅިގެން ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް އެގައުމުގެ ސަލާމަތީ ބާރުތަކުން ފަށައިފިއެވެ.
އިސްރާއީލުގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ އަލިފާނުގެ މި ހާދިސާތަކުގެ ސަބަބުން އެ ޤައުމުގެ ޔަދް ހަޝްމޯނާ އަދި މެސިލަތް ޒިއޯން ފަދަ ސަރަޙައްދުތަކުން ރައްޔިތުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ޤައުމުގެ ރަސްމީ ވަސީލަތްތަކުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާތަކާ ގުޅިގެން އެ ޤައުމުގެ މައި މަގުތައް ބަންދުކޮށް، ދަތުރުފަތުރުގެ ނިޒާމު ހުއްޓާލާފައިވާ ކަމަށާއި، މިނިވަން ދުވަހާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް ވެސް ކެންސަލްކޮށްފައިވާ ކަމަށް އެ ޤައުމުގެ އިސް ވެރިން ބުނެފައިވެއެވެ. އަދި މި ހާދިސާތަކަކީ ގަސްދުގައި ރޭވިގެން ހިންގާފައިވާ ކަމެއް ކަމަށް ޝައްކުކުރެވޭ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.
މި ހާދިސާތަކާ ގުޅިގެން އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރައްޔިތުން ސަލާމަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު، މި ހާދިސާތަކާ ގުޅިގެން ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް އެ ޤައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާތަކާ ގުޅިގެން އެ ޤައުމުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަން އެދި ދުޢާކުރުމަށް ޔަހޫދިންގެ ދީނީ އިސްވެރިން ގޮވާލާފައިވެއެވެ. އަދި ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ ސަލާމަތަށް އިސްކަންދިނުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!