އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗް ގެންގުޅުއްވާ ކަސްޓަމަރުންނަށް އީސިމްގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން މިއަދު ބުނެފައިވަނީ، މިހާރު ކުރިއަށްދާ ޚާއްޞަ އޮފަރގެ ދަށުން ޚިދުމަތް ނަންގަވާ ފަރާތްތަކަށް 6 މަސްދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލަރ ޚިދުމަތް ލިބޭނެ ކަމަށެވެ. މި ޚާއްޞަ އޮފަރގެ މުއްދަތަށްފަހު، މަހަކު 200 ރުފިޔާއަށް ޚިދުމަތް ލިބޭނެއެވެ.

Ad
rt

އުރީދޫއިން އިތުރަށް ހާމަކޮށްފައިވަނީ، އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އިތުބާރު ކުރެވޭ ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން މޫލީ މެދުވެރިކޮށް ބައްލަވައިގަނެވޭނެ ކަމަށެވެ.

ޝަރުތު ހަމަވާ މޮޑެލްތަކުގެ ތަފްސީލް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް https://ore.do/applewatch އަށް ޒިޔާރަތްކުރެވިދާނެއެވެ.

މި ޚިދުމަތުގެ ސަބަބުން، އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.