ށ. އަތޮޅުގެ މިލަންދޫ އާއި މާއުނގޫދޫގައި ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ތައްޔާރުވެއްޖެއެވެ.

މިގޮތުން އެމްޓީސީސީން ބުނިގޮތުގައި އެ ކުންފުނިން ވަނީ މިލަންދޫގައި ދެ ބުރީގެ ހޮސްޕިޓަލަކާއި، އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ އިތުރުން އެ ރަށުގައި މިހާރު ހަދާފައިހުރި އައުޓްޑޯ ޖިމްގެ އިކުއިޕްމެންޓް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.

Ad
rt

މީގެ އިތުރުން މާއުނގޫދޫ ހެލްތް ސެންޓަރަށް އައު އިމާރާތް އެޅުމުގެ މަޝްރޫޢު ފަށަން ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫޢުތަކާއި ގުޅިގެން އެމްޓީސީސީން ބުނީ އެ ކުންފުނިން ގަބޫލުކުރާގޮތުގައި، މި މަޝްރޫޢުތައް ތަރައްްޤީވުމުން، އިޖުތިމާއީ ގޮތުން ގިނަ ގުނަ މަންފާތަކާއި ލުއި ފަސޭހަތަކެއް އެ ދެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

އެމްޓީސީސީ އަކީ ވޭތުވެދިޔަ 44 އަހަރުން ފެށިގެން އަދި އަދަށް ދާންދެންވެސް ޢުމްރާނީ އަދި އިޖުތިމާއީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.