މިވައިރަސް ޖެހިފައި ހުރި މީހެއް އަތްލާފައި ހުރި އެއްޗެއްގައި އަތްލައިގެން މި ބަލި ޖެހިދާނެ ހެއްޔެވެ. އެމީހަކު ގޮސްހުރިތާކަށް ގޮސްގެން މިބަލި ޖެހުމުގެ ފުރުޞަތު އެބައޮތް ތޯއެވެ. ކޮރޯނާވައިރަސްގައި ހައިބަރނޭޝަން ޕީރިއަޑެއް އޮވޭހެއްޔެވެ ނުވަތަ އަލާމާތްތައް ފާޅުވާން ކިހާ މުއްދަތެއް ނަގާހެއްޔެވެ.

ރާއްޖެއިން ރޭ މިބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާއިރު ދިވެހިންގެ ތެރެއިން މިވައިރަހުގެ މަޢުލޫމާތު ނޭންގޭ މިހުން ގިނައެވެ.

Ad
rt

ނުރައްކާތެރި ސާސް އަދި މާސްގެ އާއިލާއަށް ނިސަބަތްވާ މި ވައިރަސްގެ ސަބަބުން އެތައް ބައެއް ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. އަދި މި ވައިރަސް އާއި ގުޅޭގޮތުން އާއްމުންގެ ހިތުގައި ވަނީ ނުތަނަވަސްކަމާއި އެއްވަރަށް ސުވާލުތައް ވެސް ދަނީ އުފެދެމުންނެވެ.

ދަ ގްލޮބަލް ނިއުސް މެދުވެރިކޮށް އާއްމުންގެ މި ސުވާލުތަކަށް ޖަވާބުދެއްވާފައި ވަނީ ޓޮރޮންޓޯގެ ޔުނިވަރސިޓީ ހެލްތް ނެޓްވޯކްގެ އިންފެކްޝިއަސް ޑިޒީޒް ފިޒިޝަން އަދި މެޑިކަލް ޑިރެކްޓަރ އޮފް އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ޑރ. ސަސީ ހޯޓާ އެވެ.

"ކޮރޯނާވައިރަސް އާއްމުގޮތެއްގައި ފެތުރެނީ ވައިރަސް އުފެދިފައި ހުރި ޖަނަވާރެއްގެ ޒަރިއްޔާއިން ނުވަތަ ވާލުގެ ޒަރިއްޔާއިން" ޑރ. ހޯޓާ ވަނީ ވިދާޅުވެފަ އެވެ.

މި ވައިރަސް އުފެދިފައިވަނީ ކޮން އެއްޗެއްގައި ކަން ދެނެގަތުމަށް ސިއްހީމާހިރުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަމަށް ވަގުތު ނަގާނޭކަމަށް ޑރ. ހޯޓާ ވަނީ ވިދާޅުވެފަ އެވެ.

ކޮރޯނާވައިރަސް ފެތުރެނީ އެހެން ނޭވާލާ ނިޒާމަށް ޖެހޭ ވައިރަސްތައް ފެތުރޭގޮތަށް ވައިގެ ތެރެއިންނެވެ.

މި ދުވަސްވަރު ދަތުރުފަތުރު ކުރާނަމަ ދުރާލާ ވައިރަސް ފެތުރިފައިވާ ސަރަހައްދުތައް ފާހަގަކޮށް އެތަންތަނަށް ނުދިއުމަށް ސަމާލުވާންޖެހޭނެ އެވެ.

"އަހަރެމެން ވައިރަލް އިންފެކްޝަން އެއް ޖެހި ބަލިވެގެން އުޅޭ ދުވަސްވަރު އަހަރެމެންގެ ނޭފަތާއި އަނގަ އަދި ފުއްޕާމޭގައި ވައިރަސް އަށަގެންފައި ހުރޭ. ދެން ކިނބިހި އަޅާއިރު އަނގައިން ބޭރުވާ ކުޅާއެކުވެ ވައިގެ ތެރެއަށް ވައިރަސް ފެތުރެން މެދުވެރިވޭ. މިއީ ވައިރަސް ފެތުރޭ ގޮތަކީ"

ކޮރޯނާވައިރަސް ފެތުރޭގޮތާއިމެދު މިސާލު ޖައްސަވަމުން ޑރ. ހޯޓާ ވަނީ ވިދާޅުވެފަ އެވެ.

ކިނބިހި އަޅާއިރު އަނގައިން ބޭރުވާ ކުޅުގައި ބަރުދަނެއް ހުންނާތީވެ މި ކުޅުތައް ދެ މީޓަރަށް ވުރެ ދުރަކަށް ނުދާނެއެވެ. މީގެއިތުރުން ވައިރަސް އުފެދިފައިވާ ހިސާބެއްގައި އަތްލުމަށްފަހު އެ އަތް ސާފުނުކޮށް މޫނު ނުވަތަ ލޮލުގައި އަތްލުމަކީވެސް ވައިރަސް ފެތުރެން މެދުވެރިވާ ކަމެކެވެ.

ވައިރަސްގެ އިންކިއުބޭޝަން ޕީރިއަޑް ނުވަތަ މުއްދަތޭ ކިޔަނީ ވައިރަސް ގަޔަށް އަރާ ހިސާބުން އަލާމާތްތައް ފާޅުވަންދެނެވެ.

"މިހާތނަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭގޮތުގައި މި މުއްދަތަކީ އެއް ދުވަހާއި 14 ދުވަހާއި ދެމެދު ނަމަވެސް ގިނަ މީހުން ފިޒިކަލީ ބަލިވާން ފަށާއެބަ ތިން ދުވަހާއި ހަ ދުވަހުގެ މުއްދަތެއްގެ ތެރޭގައި" ޑރ. ހޯޓާ ވިދާޅުވި އެވެ.