އުރީދޫ މޯލްޑިވްސްއިން މިވަނީ ރާއްޖޭގެ ގޭބިސީތަކަށް އަމާޒުކޮށްގެން "ސްމާޓާ ހޯމް" އިނީޝިއޭޓިވްއެއް ތަޢާރަފުކޮށްފަ އެވެ.

މި އައު އިނީޝިއޭޓިވްގެ މަޤްޞަދަކީ ސްމާޓް ޑިވައިސްތަކާއި ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުމަށް ފަސޭހަކަމާއި ރައްކާތެރިކަން ގެނެސްދިނުމެވެ.

Ad
rt

އުރީދޫ މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ، މި އައު އޮފަރގެ ދަށުން ކޮންމެ ސުޕަނެޓް ކަނެކްޝަނަކާއެކު ކަސްޓަމަރުންނަށް ބަންޑަލްޑް އޮފަރއެއްގެ ގޮތުގައި ސެކިއުރިޓީ ކެމެރާއާއި ސްމާޓް ޑޯބެލް އަދި ކްލައުޑް ސްޓޯރޭޖް ހިމެނޭ ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، މިހާރުވެސް ސުޕަނެޓް ބޭނުންކުރަމުންދާ ފަރާތްތަކަށްވެސް މި ސްމާޓާ ހޯމް ބަންޑްލް ނެގުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ.

މި އައު އޮފަރގެ މައިގަނޑު ބޭނުމަކީ ކަސްޓަމަރުންނަށް ރިމޯޓްކޮށް ގެތައް މޮނިޓަރކޮށް ރައްކާތެރިކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމެވެ. އުރީދޫ ސުޕަނެޓްގެ ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް މެދުވެރިކޮށް، މި ޑިވައިސްތަކުން މެދުކެނޑުމެއްނެތި ކަނެކްޓިވިޓީ ކަށަވަރުކޮށްދޭނެއެވެ. މީގެ ސަބަބުން، ގޭގެ ވެރިންނަށް ކޮންމެ ތަނަކުން ވެސް ރިއަލް ޓައިމް އަޕްޑޭޓާއި އެލާޓް ލިބޭނެއެވެ.

މި އައު އިނީޝިއޭޓިވްއަކީ ދިވެހި ގޭބިސީތަކަށް ޒަމާނީ ޓެކްނޮލޮޖީގެ ފައިދާ ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ އިތުރު ފިޔަވަޅެއްކަމަށް އެކުންފުނިން ބުނެއެވެ.

މި އައު އޮފަރއާ ގުޅޭ އިތުރު މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުންނާއި ސޭލްސް އައުޓްލެޓްތަކުން ލިބެން ހުންނާނެ ކަމަށް އުރީދޫއިން މަޢުލޫމާތު ދީފައިވެއެވެ.