އިސްރާއީލް ސިފައިން ޣައްޒާގައި ދިން ވައިގެ ހަމަލާތަކުގައި ހޮނިހިރުދުވަހު އެކަނިވެސް ފަލަސްތީނުގެ 52 މީހުން ޝަހީދުވެއްޖެއެވެ. މިއީ 18 މަސްދުވަސް ވަންދެން ކުރިޔަށްދާ ހަނގުރާމައިގެ ތެރޭގައި ދިން އެންމެ ފަހުގެ ހަމަލާއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ޣައްޒާގައި ހިންގާ ހަނގުރާމަ ވަރުގަދަކުރުމަށް ސިފައިންނަށް އަމުރުކޮށްފައެވެ. މިއީ ހަމާސްއިން އިސްރާއީލުން ހުށަހެޅި ވަގުތީ ހުއްޓުމެއް ބޭނުންނުވާކަމަށް ބުނުމާއި ގުޅިގެން ކުރި އަމުރެއް ކަމަށް ރިޕޯޓްތައްބުނެއެވެ. ހަމާސްއިން ގޮވާލަނީ ހިފެހެއްޓިފައިވާ ގައިދީން ދޫކުރުމުގެ ބަދަލުގައި މުޅި ހަނގުރާމަ ނިންމާލަން އެއްބަސްވުމަކަށް އައުމަށެވެ.
ހަމާސްއިން އިތުރަށް ބުނެފައިވަނީ އިސްރާއީލް-އެމެރިކާގެ ގައިދީއެއްކަމަށްވާ އެޑަން އެލެގްޒެންޑަރގެ ހާލަތު އެމީހުންނަކަށް ނޭނގޭކަމަށެވެ. މިއީ އެ ގައިދީއާ އެމީހާ ބަލަހައްޓަމުން އައި މީހާގެ ހަށިގަނޑު ފެނުމާގުޅިގެން ހަމާސްއިން ދިން ބަޔާނެކެވެ.
ޣައްޒާގެ ސިއްޙީ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ހަނގުރާމައިގައި މަދުވެގެން ފަލަސްތީނުން 51,065 ޝަހީދުވެފައިވާއިރު 116,505 މީހުން ޒަޚަމްވެފައިވެއެވެ.
ހަނގުރާމަ ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، އަވަހަށް ހަނގުރާމަ ހުއްޓާލައި، ހިފެހެއްޓިފައިވާ ގައިދީން ދޫކުރުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ގޮވާލަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!