ނ.މަގޫދޫގައި ދެ މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި މަޝްރޫޢުތަށް ހުއްޓިފައި ނޫނީ ފަށައިނުގަނެވި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަމެއްދީގެން މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާއި ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި، ހާއްސަ އިރުޝާދުފުޅުގެ ދަށުންނެވެ.

Ad
rt

މަގޫދޫގައި ޖުމްލަ ގޮތެއްގައި 350 މީހުންގެ އާބާދީއެއް ދިރިއުޅޭއިރު ރަށުގެ ރައްޔިތުންނަށް މި މަޝްރޫޢުތައް ތަރައްޤީވުމުން އިޖުތިމާއީ ގޮތުން ގިނަ ގުނަ މަންފާތާއި ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެމްޓީސީސީއިން ޤަބޫލުކުރެއެވެ.

އެގޮތުން ރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 2 މަޝްރޫޢުއަކީ، ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި، އައުޓްޑޯ ޖިމެއް ޤާއިމްކުރުމަށެވެ.

މީގެ އިތުރުން، އެ އަތޮޅު ފޮއްދޫގައިވެސް ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމެއް ޤާއިމްކުރުމުގެ އިތުރުން 4 ތަނެއް ތަރައްޤީކުރުމަށް މި ހަފްތާ ބުރާސްފަތި ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވެއެވެ. މި ކުންފުނިން ހިދުމަތް ދޭތާ 44 އަހަރު ވެފައި ވާއިރު، އަދި އަދަށް ދާންދެންވެސް ޢުމްރާނީ އަދި އިޖުތިމާއީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދެއެވެ.