އުރީދޫ ނޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓް ގުޅިގެން ބޭއްވި ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2ކޭ25 ކުލަގަދަކޮށް ނިންމާލައިފިއެވެ.
މި ފެސްޓިވަލް ކުރިއަށްދިޔައީ މާޗް މަހުގެ 12 އިން 14 އަށް ޔޫތު ތާޑް ސްޕޭސް (ލިލީ މަގު) ގައި ކޮންމެ ރެއަކު ވެސް ރޭގަނޑު 9:00 އިން މެންދަމު 12ގެ ނިޔަލަށެވެ.
މިފެސްޓިވަލުގެ ނިމުނުގެ ރަސްމިއްޔާތަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓް އިބްރާހިމް ވަހީދު އަދި އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ގެ އިތުރުން މިނިސްޓްރީ އަދި އުރީދޫގެ އިސް ވެރިން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގައި ވާދަވެރި ޓައިޓަލްތައް ކަމަށްވާ އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި ޓެކެން ޓޯނަމަންޓް ތައް ކުރިއަށްދިޔައީ 30،000 ރުފިޔާގެ ޕްރައިޒް ޕޫލްގެ ބައެއް ހޯދުމަށް ހުނަރުވެރި ގޭމަރުން ވާދަކުރުމާއެކު އެވެ. މި ހަރަކާތަކީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި، އެކުވެރިކަމާއި ވާދަވެރިކަމާއެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް ހުރިހާ އުމުރު ފުރާ އަކަށް ހުޅުވާލައިގެން ކުރިއަށްދިޔަ ފެސްޓިވަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!