11 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީގޯނާކޮށްގެން 60 އަހަރުގެ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގައި 11 އަހަރުގެ ފިރިހެން ކުއްޖަކާއި މެދު ޖިންސީ ގޯނާ ކޮށްފައި ވާ ކަމުގެ މައްސަލައެއް 2019 ޑިސެމްބަރ 09 ވަނަ ދުވަހުގެ 16:30 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާކަމަށާއި މި މައްސަލަ އާ ގުޅިގެން މިމަހުގެ 27 ވަނަ ދުވަހުގެ 12:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީގު ކުރަމުންކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ ފުލުހުން ސީރިއަސްކޮށް ބަލަމުން ދާ މައްސަލަ އެއްކަމުން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށްޓަކައި ކުއްޖާގެ އަތޮޅާއި ރަށް ހާމަ ކުރެވެން ނެތްކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!