ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މިއަދު އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ހާމަކުރި ގޮތުގައި، ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
ކަސްޓަމްސްއިން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރޭގައި މެތަމްފެޓަމިން، ކެޓަމިން އަދި ހެރޮއިން ހިމެނެއެވެ.
ކަސްޓަމްސްއިން ދިން މަޢުލޫމާތުގައިވާ ގޮތުން، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތަފްސީލަކީ:
- މެތަމްފެޓަމިން: 2,138 ގްރާމް
- ކެޓަމިން: 1,086 ގްރާމް
- ހެރޮއިން: 310 ގްރާމް
މި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 3.5 ކިލޯގްރާމެވެ. އަދި މަގުމަތީ އަގު ގާތްގަނޑަކަށް 6.7 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މި ތަކެތި އަތުލައިގެންފައި ވަނީ މާލޭ ކޮމާޝަލް ހާބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!