މާލެއިން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހ. ބްލޫލޫން / މާލެ އަށް ނިސްބަތްވާ 31 އަހަރުގެ ޙައްވާ ޙަސަން އެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން ބުނެފައިވާ ގޮތުގައި ޙައްވާ ޙަސަން ގެއިން ދިޔަގޮތަށް ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ (8 މާރިޗު 2025) އެވެ.

މައްސަލަ ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކޮށް، ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ޙައްވާ ޙަސަންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، ޙައްވާ ޙަސަންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

މިފަދަ ހާދިސާތައް އިތުރުވަމުން ދިއުމާ ގުޅިގެން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.