60 ފިރިހެން ޕްރިޒަން އޮފިސަރުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިޢުލާންކޮށްފިއެވެ.
އަސާސީ މުސާރައިގެ ގޮތުގައި މަހަކު 6,050.00 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ގައި ލިބޭނީ ހަމައެކަނި އަސާސީ މުސާރަ ) އަދި ސަރވިސް އެލަވެންސް އަށް މަހަކު 3,500.00 ރުފިޔާ އާއި ނޮން ޕްރެކްޓިސް އެލަވެންސް ގެ ގޮތުގައި މަހަކު 2,722.50 ރުފިޔާ އަދި ލިވިންގ އެލަވެންސް އަށް މަހަކު 2,500.00 ރުފިޔާގެ އިތުރުން ޔުނިފޯމް އެލަވެންސްއަށަ މަހަކު 300.00 ރުފިޔާ ހަމަޖެހިފައިވާކަމަށް އެއިދާރާއިން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން ކަމުގައި ބަޔާންކޮށްފައިވަނީ ފިރިހެން ޤައިދީންނާއި ބަންދުމީހުން ބަންދުކޮށްފައިތިބޭ ޖަލުތަށް ކަމަށެވެ.

ފެންވަރު ނުވަތަ ޝަރުތު ގެ ގޮތުގައި މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސްލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި އަދި 'އިސްލާމް' އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަ، ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން
މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30(ތިރީސް) އަހަރު ނުވާ މީހަކުކަމުގައިވުން ( 09 ފެބްރުއަރީ 2020ގެ ނިޔަލަށް 30 އަހަރުނުފުރޭ)، ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި ކުށުގެ ރެކޯޑެއް އޮތް ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ.
މަޤާމުގެ މަސްޢޫލިއްޔަތަކީ ޤާނޫނު ނަމްބަރ :2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް ޖަލުތަކުގައި މަސައްކަތްކުރުމެވެ.
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާ އެކު 09 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) ގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދެއެވެ.
ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެ ގޮތް އެސަރވިސްގެ އުސޫލު ނަމްބަރ :MCS-01/2017 "ޕްރިޒަން އޮފިސަރުން ރެކްރޫޓް ކުރުމުގެ އުސޫލު" އަދި އަލަށް ނަގާ އޮފިސަރުންގެ ފިޒިކަލް ފިޓްނަސް މިންގަނޑު މި ސަރވިސްގެ www.corrections.gov.mvވެބްސައިޓުންނާއި އެސަރވިސްގެ ހެޑް އޮފީހުގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އެސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި އެސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
މި ޢިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!