އެޕަލްގެ ސްމާޓް ހޯމް ހަބް ސިރީގެ ގޮންޖެހުންތަކާ ހުރެ ލަސްވެއްޖެއެވެ.

އެޕަލްއިން މިދިޔަ އަހަރު ވަޢުދުވި "އިތުރަށް ތަރައްޤީ ކުރެވިފައިވާ" ސިރީގެ ވާޝަން ނެރުން ލަސްވެފައިވާކަން މިހަފްތާގައި އެ ކުންފުނިން އިޢުލާންކޮށްފައެވެ. ބްލޫމްބާގްގެ މާކް ގާމަން ބުނާގޮތުން، މިކަމުގެ ސަބަބުން އެ ކުންފުނިން ޕްލޭންކުރި ސްމާޓް ހޯމް ހަބްގެ ނެރުންވެސް ލަސްވެގެން ގޮސްފައިވެއެވެ.

Ad
rt

އެޕަލްއިން ދީފައިވާ ބަޔާނެއްގައި، އެޕަލް އިންޓެލިޖެންސް ސުއިޓްގެ ބައެއްގެ ގޮތުގައި ހިމެނޭ އަޕްގްރޭޑްކުރެވިފައިވާ ސިރީގެ ފީޗަރތައް ނެރުމަށް "ހީކުރިވަރަށްވުރެ ގިނަ ވަގުތު ނަގާނެ" ކަމަށާއި އަދި މިހާރު އެ އަޕްޑޭޓް "އަންނަ އަހަރު" ނެރުމަށް އުންމީދުކުރާ ކަމަށް ބުނެފައިވެއެވެ.

ގާމަން ބުނެފައިވަނީ އެޕަލްގެ ސްމާޓް ހޯމް ހަބް އައު ސިރީ ފީޗަރތަކުގެ މައްޗަށް ބަރޯސާވާތީ، އެކަންވެސް ފަސްކުރެވިފައިވާ ކަމަށެވެ. އޭނާ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުން، މިޑިވައިސް 2025 ވަނަ އަހަރުގެ މާރޗް (މިމަހު) ނެރެވިދާނެއެވެ.

ރިޕޯޓުތަކުން ބުނާގޮތުން، މިއީ ފާރުގައި ހަރުކުރެވޭ 6 އިންޗީގެ ޓަޗްސްކްރީނެއް ހިމެނޭ، ވީޑިއޯ ކޯލްތަކަށާއި ސްމާޓް ހޯމް ޑިވައިސްތައް މެނޭޖްކުރުމަށް ބޭނުންކުރެވިދާނެ، އަދި މައިގަނޑު ގޮތެއްގައި އަޑުން ކޮންޓްރޯލްކުރެވޭ ޑިވައިސްއެކެވެ.

އެ ޑިވައިސް ނެރުން ލަސްވަމުން ދިޔަ ނަމަވެސް، ކުންފުނިން އިންޓަރނަލް ޓެސްޓިންގ ޕްރޮގްރާމެއް ފަށާފައިވާކަމަށް ގާމަން ބުނެފައިވެއެވެ. އެއީ މުވައްޒަފުންނަށް މިޑިވައިސް ގެއަށް ގެންގޮސް ފީޑްބެކް ދިނުމަށް ފުރުޞަތު ދިނުމަށްޓަކައެވެ.