ރޫމޭނިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާތިލުކުރުމާއި ގުޅިގެން އެތައްހާސްބަޔަކު މުޒާހަރާ އަށް މަގުމައްޗަށް ނިކުމެއްޖެއެވެ.
ރޮމޭނިއާގެ ވެރިރަށް ބުކަރެސްޓުގައި އެތައްހާސް ބަޔަކު މުޒާހަރާ ކުރަމުންދާއިރު، އެމީހުން ދަނީ އިދިކޮޅު ލީޑަރަށް ތާއީދުކޮށް ޝުޢޫރުތައް ފާޅުކުރަމުނެވެ.
މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ގެންގުޅޭ ބެނާތަކުގައި އިންތިޚާބުގެ ފުރަތަމަ ބުރުން މޮޅުވި ކައްލިން ޖޯޖެސްކޫ އަށް ތާއީދުކުރާކަން ފާހަގަކޮށްފައިވާއިރު، އެމީހުން ދަނީ އިންތިޚާބުގެ ދެވަނަ ބުރު އަލުން ބޭއްވުމަށް ގޮވާލަމުންނެވެ.
ޖޯޖެސްކޫއަކީ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަށް ފާޅުގައި ތާއީދުކުރާ ކަން އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޔުކްރެއިންއަކީ "އުފައްދާފައިވާ ޤައުމެއް" ކަމަށް އޭނާ ބުނެފައިވެއެވެ.
ރޫމޭނިއާގެ ރިޔާސީ އިންތިޚާބު ބާތިލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް އޭނާ ބުނެފައިވާއިރު، ރޮމޭނިއާގައި އަލުން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާނީ މެއި 4 ގައެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މަތިން ވޯޓު ނުލިބިއްޖެނަމަ، މެއި 18 ގައި ދެވަނަ ބުރު ބާއްވާނެއެވެ.
ނަމަވެސް މި އިންތިޚާބުގައި ޖޯޖެސްކޫއަށް އަލުން ވާދަކުރެވޭނެކަން ނުވަތަ ނޫންކަން އަދި ޔަގީނެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!