"ސްމާޓް ހަތިޔާރުގެ އާ ޖީލު" ދައްކާލާނެ ކަމަށް އީރާނުން ވައުދުވެއްޖެއެވެ.

އީރާނުގެ ޤައުމީ ސަލާމަތީ ބާރުތަކުގެ ކޮމާންޑަރ ހަބީބުﷲ ސައްޔާރީ އިއުލާނު ކުރެއްވި ގޮތުގައި އިރާނުގެ އިސްލާމިކް ރިޕަބްލިކްގެ އަސްކަރިއްޔާ، ވައިގެ ބާރު، ކަނޑުގެ ބާރު އަދި ވައިގެ ދިފާއީ ބާރުން "ސްމާޓް ހަތިޔާރުގެ އާ ޖީލެއް" ދައްކުވައިދޭ ބޮޑު ސަމަރީ ތަމްރީނެއް ހޮނިހިރު ދުވަހު ފަށާނެއެވެ.

Ad
rt

މަކްރާން ސަރަހައްދުގެ ދެކުނު އިރުމަތީ އީރާން، އޮމާން ކަނޑު އަދި އުތުރު އިންޑިއާ ކަނޑުގައި ކުރިއަށްދާނެ ޒުލްފަގާރ 1403 މި ތަމްރީނުގައި "މިހާތަނަށް ބޭނުންކުރި އެއްޗެހި ނުވަތަ ހަތިޔާރަށްވުރެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އަދި އިތުރަށް ޓާގެޓް ކުރެވޭފަދަ" ހަތިޔާރުތައް ޓެސްޓް ކުރެވޭނެ ކަމަށް ސައްޔާރީ ވިދާޅުވިއެވެ.

"މި ތަމްރީނުތައް ފަރުމާކުރެވިފައި ވަނީ އެއްގަމާއި، ވައިގެ އަދި ކަނޑުގެ މަގުން އަންނާނެ ނުރައްކަލަކަށް އީރާނުގެ ދިފާއީ އަދި ރައްކާތެރިކަމުގެ ގާބިލްކަން އިތުރުކުރުމަށް ކަމަށް ކޮމާންޑަރ ވިދާޅުވިއެވެ. އަދި ސަރަހައްދީ ސަލާމަތަށް ނުވަތަ މި ދާއިރާތަކުގައި އޮތް މަސްލަހަތުތަކަށް ގެއްލުމެއް ދެވިދާނެ ކަމަށް ހީކުރާ ކޮންމެ ފަރާތަކަށްވެސް، އެކަން ކުރަން ކެރިއްޖެނަމަ، ހަމަ ޔަގީނުންވެސް ބޮޑެތި ނަތީޖާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

މި މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނާއެކު "ޔަގީންކުރެވޭ" ނިއުކްލިއަރ އެއްބަސްވުމެއް ވުން އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އިޒްރޭލުން އިސްލާމިކް ރިޕަބްލިކަށް "ބޮޑު ހަމަލާއެއް" ދީފާނެ ކަމަށް އިންޒާރުދެއްވިއެވެ.

އިރާނުގެ ރައީސް ޕެޒެޝްކިއަން ވިދާޅުވެފައިވަނީ އީރާނުން މަޝްވަރާއަށް ތައްޔާރަށް ތިބި ނަމަވެސް އެމެރިކާގެ ފިއްތުންތަކަށް ބޯލަނުލަނބާނެ ކަމަށެވެ.