އެޕަލްގެ އެންމެ އަގުހެޔޮ ބަޖެޓްފޯން އައިފޯން ''16އީ'' ނެރެފިއެވެ.
އެޕަލްއިން އައިފޯން 16އީ އިއްޔެ ތަޢާރަފުކޮށްފައިވާއިރު، މިފޯންގައި ފޭސް އައިޑީއާއި 48 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނޭކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އަދި މި އައިފޯނަށް ޕްރީ-އޯޑަރ ކުރުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެކަމަށްވެސް ބުނެފައިވެއެވެ.
އެޕަލްގެ އައު އައިފޯން 16އީ އަކީ އެކުންފުނީގެ އަގުހެޔޮ ސިލްސިލާގެ ނުވަތަ ބަޖެޓް ފޯނުގެ އެންމެ ފަހުގެ މޮޑެލްއެވެ. މި އައިފޯނުގައި 6.1 އިންޗީގެ އޯލެޑް ޑިސްޕްލޭއަކާއި އެޕަލްގެ އެންމެ ފަހުގެ އޭ18 ޗިޕް ހިމެނެއެވެ. އަދި ފޭސް އައިޑީއާއި ޔޫއެސްބީ ޓައިޕް-ސީ ޕޯޓްވެސް ހިމެނެއެވެ.
އެޕަލްގެ އައިފޯން ކޮމްޕެރިޒަން ޕޭޖުން ދައްކާގޮތުގައި، އައިފޯން 16އީ ގައި އެންމެ ފަހުގެ ފޮޓޯގްރަފިކް ސްޓައިލްސް ފީޗަރ ނުހިމެނެއެވެ. އަދި އެހެން އައިފޯން 16 މޮޑެލްތަކުގައި ހިމެނޭ އައު ކެމެރާ ކޮންޓްރޯލް ބަޓަންވެސް މި މޮޑެލްގައި ނުހިމެނެއެވެ.
އައިފޯން 16އީ ގައި ހިމެނޭ 48 މެގަޕިކްސެލްގެ މައި ކެމެރާގައި އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން އަދި ސެލްފީއާއި ވީޑިއޯ ކޯލްތަކަށް 12 މެގަޕިކްސެލްގެ ޓްރޫޑެޕްތު ކެމެރާއެއް ހިމެނެއެވެ. މީގެއިތުރުން ފޯނުގައި އައިޕީ68 ރޭޓިންގ، 18ވޯޓް ވަޔަރޑް ޗާޖިންގ އަދި 7.5ވޯޓް ވަޔަރލެސް ޗާޖިންގގެ ފީޗަރތައް ހިމެނެއެވެ.
އައިފޯން 16އީ ގެ އަގު ފެށޭނީ 128ޖީބީ ސްޓޯރޭޖްގެ މޮޑެލަށް 799 ޑޮލަރުންނެވެ. 256ޖީބީ އަދި 512ޖީބީ މޮޑެލްތަކުގެ އަގަކީ 899 އަދި 1,099 ޑޮލަރެވެ. މި ފޯނަށް ޕްރީ-އޯޑަރ ކުރުން ފެށޭނީ ފެބްރުއަރީ 21 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ފޯނު ވިއްކަން ފެށޭނީ ފެބްރުއަރީ 28 ވަނަ ދުވަހުންނެވެ.
އައިފޯން 16އީ ގައި އެޕަލްގެ 5ޖީ މޮޑެމް ހިމެނޭއިރު، އައިއޯއެސް 18 ގެ އެޕަލް އިންޓެލިޖެންސް ފީޗަރތަކަށްވެސް މި ފޯނުން އެކްސެސް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!