މައިކްރޯސޮފްޓުން ވީޑިއޯ ގޭމްތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްއެއް ތަރައްޤީކޮށްފިއެވެ.

މައިކްރޯސޮފްޓުން ތަރައްޤީކުރި މި އޭއައި މޮޑެލުން ވީޑިއޯ ގޭމްތަކުގެ ވިޝުއަލްސްއާއި އެކްޝަންތައް ޖެނެރޭޓްކުރުމަށް އެހީތެރިވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

Ad
rt

"މިއުޒް" ގެ ނަމުގައި ތަރައްޤީކޮށްފައިވާ މި މޮޑެލް ހަދާފައިވަނީ، މައިކްރޯސޮފްޓުގެ ގޭމިންގ ޑިވިޝަންކަމުގައިވާ އެކްސްބޮކްސް ގޭމް ސްޓޫޑިއޯސްގެ ޑިވެލޮޕަރެއްކަމުގައިވާ ނިންޖާ ތިއަރީއާ ގުޅިގެންނެވެ.

ގޭމިންގ އޭއައި އަށް ކަނޑައަޅާފައިވާ ކޯޕަރޭޓް ވައިސް ޕްރެޒިޑެންޓް ފާތިމާ ކާދަރު ވިދާޅުވި ގޮތުގައި މިހާރުވެސް މިއުޒް ބޭނުންކުރަމުންދަނީ ފަސްޓް ޕާޓީ ގޭމްތަކުގެ މައްޗަށް ބިނާކޮށް ތަމްރީނުކުރެވިފައިވާ ރިއަލްޓައިމް ޕްލޭއަބަލް އޭއައި މޮޑެލްއެއް ތަރައްޤީކުރުމަށެވެ. އަދި މުސްތަޤުބަލުގައި މި މަސައްކަތުން ކުޅުންތެރިންނާއި ގޭމް ކްރިއޭޓަރުންނަށް ފައިދާ ކުރާނެކަމަށް ބެލެވެއެވެ.

މި ފަދަ އައު ޓެކްނޮލޮޖީތަކަށް އިންވެސްޓްކުރަން ޖެހިފައިވަނީ، ވީޑިއޯ ގޭމް ތަރައްޤީކުރުމުގެ ޚަރަދު އިތުރުވަމުން ދާތީއެވެ. އިޤްތިޞާދީ ހާލަތު ރަނގަޅު ނޫންކަމުން ގިނަ ކުޅުންތެރިން ކުރިން އާންމުވެފައިވާ ގޭމްތަކުގައި ދެމިތިބުމުގެ ސަބަބުން، އައު ގޭމްތަކަށް ކުރާ ޚަރަދު ދަށްވެފައިވެއެވެ.