މައިކްރޯސޮފްޓުން ޕޮލެންޑުގެ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމަށް އިތުރު 700 މިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ނިންމައިފިއެވެ.

މި އިންވެސްޓްމަންޓް ކުރިއަށް ގެންދިއުމުގައި ޕޮލެންޑުގެ ހަތިޔާރުއެޅި ބާރުތަކާއި ގުޅިގެން މަސައްކަތްކުރާނެކަމަށް އެ ކުންފުނީގެ ރައީސް ބްރެޑް ސްމިތު ހާމަކުރެއްވިއެވެ.

Ad
rt

މައިކްރޯސޮފްޓުގެ ރައީސް ބްރެޑް ސްމިތާއި ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްމިތު ވިދާޅުވީ، މި އިންވެސްޓްމަންޓަކީ 2020 ވަނަ އަހަރު އިޢުލާންކޮށްފައިވާ 1 ބިލިއަން ޑޮލަރުގެ ޕޮލިޝް ޑޭޓާ ސެންޓަރ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ކަމަށެވެ.

ނަމަވެސް މި ފައިސާ ބޭނުންކުރެވޭނެ ވަކި ގޮތްތަކާއި ބެހޭ އިތުރު ތަފުސީލުތައް މައިކްރޯސޮފްޓުގެ ރައީސް ހާމައެއް ނުކުރައްވައެވެ.

މި އިންވެސްޓްމަންޓަކީ ޕޮލެންޑުގެ ޓެކްނޮލޮޖީ ދާއިރާއަށާއި ސައިބަރ ސެކިއުރިޓީ ދާއިރާއަށް ލިބޭ މުހިންމު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. އަދި ސަރަހައްދީ ސައިބަރ ސެކިއުރިޓީގެ ދާއިރާގައި ޕޮލެންޑުގެ ދައުރު ފުޅާވެގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.