ރަސްފަންނު މޫދަށް އެރޭ ސަރަޙައްދަށް ކިސަޑު ޖަމާވުމާ ގުޅިގެން ވަގުތީގޮތުން ބަންދުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ހާމަކުރި ގޮތުގައި، ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގައި ކިސަޑު ޖަމާވެފައިވާތީ، އެ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރުމަށް އެކަސުން ލިވުން ވަނީ ނިންމާފަ އެވެ.

Ad
rt

ކައުންސިލްގެ މިރޭ ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން، ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.

މި މައްސަލަ ޙައްލުކުރުމަށްޓަކައި، އެ ސަރަޙައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް 17 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި ފެށިގެންދާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުކުރެވިފައި ހުންނާނެ ކަމަށް ކައުންސިލުން އިތުރަށް ހާމަކޮށްފައިވެއެވެ. އަދި ބަންދުކުރެވިފައިވާ ސަރަޙައްދުގެ ތަފްސީލު އެނގޭނެ ޗާޓެއް ކައުންސިލްގެ އިޢުލާނާއެކު ހިމަނާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.