ހދ އަތޮޅު ތައުލީމީ މަރުކަޒުގައި "ފޮތް ކިއުމުގެ" ޕްރޮގްރާމެއް ފަށައިފި އެވެ.

Ad
rt

އެ ސްކޫލުގެ ޕްރިންސިޕަލް ޝަހީދާ އަލީ ”ތިލަދުން“ އަށް ވިދާޅުވީ މިއީ ކުދިންގެ މެދުގައި ފޮތް ކިއުމާއި ލިއުމުގެ ހުނަރު އިތުރުކުރުމަށް ފެށިގެން ދިޔަ ހަރަކާތެއްކަމަށެވެ.

"އެވްރި ޗައިލްޑް ކެން ރީޑް" މި ސިޔާރުގެ ދަށުން ކުރިޔަށްގެންދާ މިހަރަކާތުގައި ކޮންމެ ދުވަހަކުވެސް ކޮންމެސް އެއްކުއްޖަކު، އިންޓަވަލް ގަޑީގައި މުޅި ސުކޫލްއަށް އިވޭހެން މައިކް ބޭނުންކޮށްގެން ވާހަކައެއް ކިޔައިދިނުމަށްވަނީ ހަމަޖެހިފައެވެ.

ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ފުރަތަމަ ގަޑިއަކީ ފޮތް ކިޔާ ގަޑިކަމަށް ހަމަޖައްސާ އެސުކޫލުގެ ޓައިމްޓޭބަލްއަށް އިތުރުކުރެވިފައިވާކަމަށް އެސުކޫލުން މަޢުލޫމާތު ދެއެވެ.