ސަރުކާރުން އެދިގެން އަމިއްލަ ކުންފުންޏަކުން އެތެރެކުރި ބޭސްތަކަކަށް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ދައުލަތަށް ޖެހިއްޖެ އެވެ.

ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކޮށްގެން ހެލްތު މިނިސްޓްރީން 2008 ވަނަ އަހަރު އެތެރެކުރި ބޭސްތަކަކަށް 32 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމް ކުރިއިރު, އެ ކުންފުނިން އެތެރެކުރި އެހެން ބޭސްތަކަކާ ގުޅިގެން ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) ދައްކަން ކުރި ހުކުމެއް ހައި ކޯޓުން އިއްޔެ ވަނީ ދަމަހައްޓައިފަ އެވެ.

Ad
rt

ފުރަތަމަ މައްސަލާގައި އެ ކުންފުނިން 5 މިލިއަން ޑޮލަރު ހޯދަން އެދުނު ނަމަވެސް ކޯޓުން ނިންމީ ނަގައި ދެވޭނީ ދެ މިލިއަން ޑޮލަރު ކަމަށެވެ. އެ ހުކުމަށް ހައި ކޯޓުން އިއްޔެ ތާއީދުކުރި އެވެ.

ދެވަނަ މައްސަލާގައި މުދަލުގެ އަގަށްވާ 32 މިލިއަން ރުފިޔާ އާއި ޖޫރިމަނާގެ ގޮތުގައި 51 މިލިއަން ހޯދަން އެދުނު ނަމަވެސް ސިވިލް ކޯޓުން އިއްޔެ ނިންމީ ނަގައި ދެވޭނީ 32 މިލިއަން ރުފިޔާ ކަމަށެވެ.