މާލޭގެ މަޖީދީމަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މަޖީދީމަގުގައި ހުންނަ "ސުޕްރިން ރިވާ" ނަމަކަށް ކިޔާ ގޭގައެވެ.

Ad
rt

ވިލާ މާޓު ހުންނަ އެ ސަރަހައްދުގައި ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތް އެސަރަހައްދުގައި އަންނަނީ ކުރަމުންނެވެ. އަދި އެ ސަރަހައްދުގައި މީހުން ދިރިއުޅޭ ގެތަކުން މީހުން ތިރިއަށް ބޭލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ދާދި ދެންމެއަކު ހާމަކުރި ގޮތުގައި އެއާޕޯޓުގެ ފަޔަރ ޓްރަކްވެސް އެސަރަހައްދުގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން އަންނަ އިރު އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވި ސަބަބާއި ލިބުނު ގެއްލުމުގެ ތަފްސީލް ވެސް އަދި ހާމަކުރެވިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފުން އާންމުންނަށް އަބަދުވެސް އިލްތިމާސް ކުރައްވައެވެ. އަދި މިފަދަ ހާދިސާއެއް ހިނގައިފިނަމަ އެމްއެންޑީއެފްގެ ހޮޓްލައިން ނަންބަރު 118 އަށް ގުޅުމަށް އާންމުންނަށް އިރުޝާދު ދެއްވައެވެ.