އެތައްމިލިއަން ޑޮލަރެއްގެ ބިޓްކޮއިން އާއެކު ގޮނޑަށް އެއްލައިލެވުނު ހާޑްޑްރައިވް ހޯދުން ހުއްޓައިލަން ޖެހިއްޖެއެވެ.
ހާޑް ޑްރައިވްއެއްގައި ރައްކާކޮށްފައިވާ 742 މިލިއަން ޑޮލަރުގެ ބިޓްކޮއިން ހޯދުމަށް 12 އަހަރު ވަންދެން މަސައްކަތްކުރި ފަރާތުން އެމަސައްކަތް ދޫކޮށްލަން މަޖުބޫރުވީ ކަމާބެހޭ ފަރާތްތަކުން އެކަމަށް ހުއްދަ ނުދިނުމުންނެވެ.
ވޭލްސްގެ އައިޓީ ދާއިރާގައި މަސައްކަތްކުރާ ޖޭމްސް ހައުވެލްސް އަކީ 2013 ވަނަ އަހަރު އޭނާގެ 8،000 ބިޓްކޮއިން ރައްކާކޮށްފައިވާ ހާޑް ޑްރައިވް ކުނިގޮނޑަކަށް އެއްލާލެވުނު ފަރާތެކެވެ. އެދުވަސްވަރު 8 މިލިއަން ޑޮލަރުގެ އަގުހުރި މިބިޓްކޮއިންތަކުގެ އަގު މިހާރު ވަނީ 742 މިލިއަން ޑޮލަރަށް އަރާފައެވެ.
ނިއުޕޯޓް، ސައުތު ވޭލްސްގެ ކުނިގޮނޑެއްގައި 10،000 އާއި 15،000 ޓަނުގެ ކުނީގެ ތެރޭގައި އޮތްކަމަށް ލަފާކުރެވޭ މިހާޑް ޑްރައިވް ހޯދުމަށް ހައުވެލްސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް 12 އަހަރުގެ މަސައްކަތަށްފަހު މިހާރު އޭނާވަނީ މިމަސައްކަތް ދޫކޮށްލަން މަޖުބޫރުވެފައެވެ.
ކުނިގޮނޑު ކޮނެގެން ހާޑްޑްރައިވް ހޯދުމަށް ޖޭމްސް ކުރި މަސައްކަތް ހުއްޓުމަކަށް އައީ ނިއުޕޯޓު އޮފިޝަލުން ސިއްޙީ އަދި ތިމާވެށީގެ ސަބަބުތަކަށްޓަކައި ހުއްދަ ނުދިނުމުންނެވެ. ނަމަވެސް، 2,000 އަކަފޫޓުގެ ސަރަޙައްދެއް ދިރާސާކުރުމަށް ޑްރޯނާއި ރޮބޮޓް އަދި މާހިރުން މެދުވެރިކޮށް މިކަން ކުރުމަށް އޭނާ ވަނީ ޕްލޭންކޮށްފައެވެ.
ބިޓްކޮއިން އަގު އެހާބޮޑަށް މަޝްހޫރުވެފައި ނުވާ ދުވަސްވަރު މިބިޓްކޮއިންތައް ގަނެފައިވާ ހައުވެލްސްގެ މިވާހަކައަކީ ޑިޖިޓަލް ފައިސާގެ ދުނިޔޭގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. އަދި މިއީ ޑިޖިޓަލް މުދާ ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމުކަން ދައްކުވައިދޭ ހެއްކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!