އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ދެބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ދައުރުން ބޭރުގެ ދެވަނަ ޖަލްސާގައި ރިޔާސަތުން ރައީސް ފޮނުއްވި ނަންތައް އިއްވުމަށްފަހު، މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވާކަމަށް ވަނީ ޢިއުލާންކުރަށްވާފައެވެ.
އޭސީސީގެ ދެ މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ޠާހާ މުހައްމަދު މަޤާމުން ވަކިކުރަން ތައްޔާރުވެރައި ވަނިކޮށް އިސްތިއުފާ ދެއްވުމާއިގުޅިގެންނެވެ.
އެސީސީގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް ޢައްޔަންކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މއ. ގޯލްޑަންމޫން، އަހުމަދު ނާޝިދު އާއި ރ. އަލިފުށި، ފަސާނާ، އަބްދުﷲ ނާޝިދުގެ ނަންފުޅެވެ.
މި ނަންތަކުގެ ތެރެއިން އަބްދުﷲ ނާޝިދުގެ ނަންފުޅު ރައީސް އިސްކަންދެއްވާ ތަރުތީބުގައި ފުރަތަމަ ހިމެނިފައެއް ނުވެއެވެ. އެއިރު އެ ޖާގާގައިގާ އޮތީ ރ. ހުޅުދުއްފާރު، ރޯޒް ވިލާ/ އާސިޔާ އަޒީމާގެ ނަން ފުޅެވެ.
މަޖިލީހުން ވަނީ މިއަދު ރައީސް ފޮނުއްވި ބޭފުޅުންނާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް ހުޅުވައިލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!